ޤައުމީ އެއަރަލައިން، މޯލްޑިވިއަން ރަނިވެރިވެ ކޮންޓްރޯލް ގެއްލުނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، އެކުންފުންޏަށް ތަޢުލީމާއި ތަޖުރިބާ ނެތް ވެރިން އައްޔަންކުރުމުންކަމަށް އައިލެންޑް އޭވިއޭޝަންގެ ކުރީގެ ޑިރެކްޓަރ އޮފް އޮޕޮރޭޝަންސް ކެޕްޓަން މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
އަމީން މިފަދައިން ވިދާޅުވީ މޯލްޑިވިއަންގެ މާލީ ޙާލަތު ގޯސްވެ ބޭރު ކުންފުންޏަކާއެކު ޖޮއިންޓްވެންޗައެއް ހެދުމަށް ނިންމާފައިވާކަން ރައީސް ހާމަކުރެއްވުމާއި ގުޅިގެންނެވެ. އަމީން ވިދާޅުވީ، ޤައުމީ އެއަރލައިން ހިންގާ މޯލްޑިވިއަންއަކީ އެންމެ ކުރިން ފެށިގެންވެސް ގެއްލުންވާ ކުންފުންޏެއްކަމަށް ރައީސް ވިދާޅުވިނަމަވެސް، 2018 ވަނަ އަހަރު އެކުންފުންޏަށް ފައިދާ ވެފައިވާކަމަށެވެ. އެކަން އޮޑިޓް ރިޕޯޓް ތަކުންނާއި ރައީސް ޞާލިޙްގެ ޓްރާސިޝަން ކޮމިޓީ ރިޕޯޓުން އެކަން ސާފު ވާނެކަމަށްވެސް އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ، މޯލްޑިވިއަން ދަރަނިވެރިވެ ކޮންޓްރޯލް ގެއްލުނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމާއެކު ތަޖުރިބާއެއް އިލްމެއްނެތް އާއިލީ މީހުންނާ ހަވާލު ކުރުމުންކަމަށެވެ.
އިއްޔެ ރައީސް އޮފީހުގައި އޮތް ޕްރެސްގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ މާލީ ހާލަތު ރަނގަޅުކުރުމަށް ބޭރުގެ ކުންފުންޏަކާއެކު ޖޮއިންޓްވެންޗަރއެއް ހެދުމަށް މަޝްވަރާކުރައްވަމުން ގެންދަވާކަމަށެވެ. ރައީސް ވިދާޅުވީ، މޯލްޑިވިއަންއަކީ ފެށުނީއްސުރެ ގެއްލުމުގައި ހިންގަމުން އަންނަ ކުންފުންޏެއްކަމަށެވެ. އަދި ކޯވިޑްގެ ސަބަބުން އިތުރު ގެއްލުމާއި އެކުންފުނިން ކުރިމަތިލާންޖެހިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވަނީ އެކުންފުނީގެ މާލީ ޙާލަތު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ފައްޓަވާފައިވާކަމަށެވެ.
ސަރުކާރުން ސަބްސިޑައިޒްކޮށްގެންވެސް އެ އެއަރލައިން ދަމަހައްޓަންޖެހޭކަމަށާއި، އެހެންކަމުން ބައިނަލްއަޤްވާމީ ދަތުރުތަކުން ފައިދާ ލިބޭނެގޮތެއް ހެދުމަށް ސަރުކާރުން ބައެއް ކުންފުނިތަކާއެކު މަޝްވަރާކުރެވެމުންދާކަަމަށް ރައީސް ވިދާޅުވިއެވެ.
2 Responses
މިހާރު މި އޮތް ނާގބިލު ސަރުކާރު އައިފަހުން ގެއްލުން ނުލިބެނީ ކޮން ކުންފުންޏަކަށް ކޮނ އެޕާޓުމަންޓަކަށް ކޮނ މުއައްސަސާއަކަށް ބާ! ކޮން ިރަކުބާ ރައީސް އިބުރާހީމް މޯލްޑިވިއަނުގާ އުޅުނީ؟ ކޮން އެއްޗެއް އެނގިގެންބާ މޯލްޑިވިއަން ދަރަނި ވެރި ވެާެއްޖެ ކަމަށް މި ވީ؟
މޮލްޑީވިއަނަށް ގެއްލުންވާ ވާހަކަ ދައްކަން ކަލޭގެ ލަދު ކޮބާ؟ ކަލޭ ހުރިއިރު ކަލޭގެ ނުފޫޒުން ހުރިހާ ގެއްލުމެއްވީ؟