މިއީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަންވީ ވަގުތެއްނޫން: ރައީސް

މިއީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަންވީ ވަގުތެއްނޫން: ރައީސް

Author
މުޙައްމަދު ޝަޒައިމް
11 އޮގަސްޓް 2021 04:54
0

މިއީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަންވީ ވަގުތު ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކުއްލި ނުރައްކާ އިއުލާންކޮށް ހަރުކަށި ފިކުރައް ނިސްބަތްވާ މީހުން ހައްޔަރު ކުރުމަށް ސަރުކާރަށް ގޮވާލައި، އެމްޑީޕީގެ ޤައުމީ މަޖިލީހަށް އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ކުށަހެޅުއްވި ޤަރާރެއް ވަނީ ފާސްކޮށްފައެވެ. މިޤަރާރާއި ގުޅިގެން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞާލިހު ވިދާޅުވީ މިނިންމުން އެމްޑީޕީން ނިންމާފައިވަނީ 39 މެމްބަރުންގެ ވޯޓާއިއެކުގައިކަމަށެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހަކީ 140 އަށްވުރެ ގިނަ މެމްބަރުން ހިމެނޭ މަޖިލީހަށްވާއިރު، މަދު ބަޔަކު މިޖަލްސާގައި ބައިވެރިވީ ރައީސް ނަޝީދު އެއްޗެއް ހުށަހަޅުއްވުމުން އެކަމާއި ފާޅުގައި ދެކޮޅު ނުހެދުމަށްކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިއީ އެއްވެސް ހާލެއްގައި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަންވީ ވަގުތު ނޫންކަމަށެވެ. އަދި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި އެހާ މަދު ބަޔަކު ބައިވެރިމުންވެސް ސާފުވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަން މެމްބަރުންވެސް ބޭނުންވާކަން ކަމުގައި ރައީސް ވިދާޅުވިއެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހަށް ރައީސް ނަޝީދު ހުށަހެޅުއްވި ޤަރާރު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 39 މެމްބަރުންގެ ވޯޓުންނެވެ. އެމްޑީޕީގެ ޤައުމީ މަޖިލީހަކީ 142 މެމްބަރުން ހިމެނޭ މަޖިލީހެކެވެ. ޤަރާރު ހުށަހައްޅުއްވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ މިއީ ދިވެހި ފުލުހުންނަށް ހަރުކަށި ފިކުރު މީހުން ހައްޔަރު ކުރަން ޖާގަދޭންވީ ވަގުތުކަމަށެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ޑިމޮކްރަސީގައާއި، އަދި ހައްދު ފަހަނައަޅާ ދިޔަ ޤައުމުތަކުގައިވެސް ކަންކަން ބޮއްސުން ލައިގެން ގޮސްފައިވަނީ މިގޮތަށް ފެށޭ ކަންކަން ހުއްޓުމަށް އެކަށީގެންވާ މަސައްކަތް ނުކުރުންކަމަށެވެ. ނަމަވެސް މިއަދު ދިވެހި ރާއްޖެ އޮތް ހާލަތު ދިވެހި ފުލުހުންނަށް ސާފުވެ، ހަރުކަށި މީހުންނަކީ ކޮބައިކަން އެނގޭއިރު، އެމީހުން ހިފާ ހައްޔަރު ކުރުމަކީ ރާއްޖޭގެ މުސްތަގުބަލަށްޓަކައިވެސް ކުރަންޖެހޭ ކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މިހާލަތުގައި، ހަރުކަށި ފިކުރާއި ދެކޮޅަށް އެކަށީގެންވާ މަސައްކަތް ނުކުރެވިއްޖެނަމަ، ހީވެސް ނުކުރާ ހާލަތަކަށް ރާއްޖެ ގޮސްދާނެކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ މުސްތަގުބަލަށް މިކަމުން ނޭދޭވޭ ބޮޑެތި އަސަރުތައް ކުރާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހަސަނުގެ ދަރި ލަތީފް
ޢަންނި ތިޔަގޮތަށް ހިފާ ހައްޔަރު ކުރަން ފުލުހުންނާ އަދި ސިފައިންވެސް ނެރެގެން އުޅުނީމަ ނޫންތޯ ވެރި ކަމުން އިސްތިއުފާ ދޭން ޖެހުނީވެސް. ހިނދު ކޮޅުގަ ހުރެ ހީކުރެވުނީޔޯ މަމިއޮތީ ކުއްލިނުރައްކަލުގެ ހާލަތު އިއުލާން ކޮށްފަޔޭ. އެހެން ހިތަށްއަރާ ރިޔާސީ ގަނޑު ވަރުގަ މަޖާކުރަން އުޅެފަ އައިސް ހޭދެބައި ވެގެން ފުލުހުން ހައްޔަރު ކުރަން މަސައްކަތް ކުރީ.