ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރައީސް ނޫސްވެރިންނާއި ބައްދަލުކުރައްވާނީ މިއަދު ހަވީރު 4:00 ޖަހާއިރު، ރައީސް އޮފީހުގައިކަމަށެވެ. މިބައްދަލުވުމުގައި ކޯވިޑް-19އާއި ގުޅިގެން ސަރުކާރުން ދީފައިވާ ލުއިތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ މައުލޫމާތު ހިއްސާ ކުރައްވާނެއެވެ.
President @ibusolih will meet the press this afternoon at 4 p.m.
Journalists will join from the President’s Office with new normal measures.
The press conference will be broadcast live on all local TV channels. pic.twitter.com/HCTNV7m1fm
— Mabrook Azeez (@MvSpokesperson) August 11, 2021
ރައީސް ވަނީ މިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހުވެސް ކޯވިޑް ކޮންޓްރޯލްކުރުމަށް ކުރައްވަމުން އަންނަ މަސައްކަތްތަކާއި ގުޅޭގޮތުން ނޫސްވެރިންނާއި ބައްދަލުކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ