ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިންމާލައިފި

ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިންމާލައިފި

Author
މުޙައްމަދު ޝަޒައިމް
11 އޮގަސްޓް 2021 08:53
0

ނ.ހެނބަދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީން ނިންމާލައިފިއެވެ.

އެމްޓީސީސީން މިއަދު ބުނެފައިވަނީ މިމަސައްކަތް ނިންމާލަފައިވަނީ މިމަހުގެ 2 ވަނަ ދުވަހުކަމަށެވެ.  ނ.ހެނބަދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތުގައި ހިމެނެނީ 235މީޓަރުގެ ބޮޑުހިލައިގެ އެއްގަމު ތޮއްޓެއް ލުމާއި، 25މީޓަރުގެ ގްރޯއިންސްޖެހުމެވެ. މިމަޝްރޫޢުކީ 5 މިލިޔަން ރުފިޔާގެ މަޝްރޫޢުއެކެވެ.

ނ.ހެނބަދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

އެމްޓީސީސީން ވަނީ މިދިޔަ އަހަރު ހެނބަދޫ ބަދަރުގެ މަސައްކަތްވެސް ނިންމާފައެވެ. ހެނބަދޫގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައިވަނީ 23 ޖޫން 2019ގައެވެ. އަދި މިމަޝްރޫޢު މޮބިލައިޒްކުރެވިފައިވަނީ 24 ސެޕްޓެމްބަރ 2019 ގައެވެ. މިއީ ދަޢުލަތުގެ ބަޖެޓުން 30.3 މިލިއަން ރުފިޔާގެ ޚަރަދުކޮށްގެން ތަރައްޤީކޮށްފައިވާ ބަނދަރެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.