ކޮންޓެއިނާއެއްގެ މަތިން ވެއްޓި އެމްޕީއެލް މުވައްޒަފަކަށް އަނިޔާވެއްޖެ

ކޮންޓެއިނާއެއްގެ މަތިން ވެއްޓި އެމްޕީއެލް މުވައްޒަފަކަށް އަނިޔާވެއްޖެ

Author
ޢަލީ އާދަމް
11 އޮގަސްޓް 2021 06:07
0

ކޮންޓެއިނާއެއްގެ މަތިން ވެއްޓި އެމްޕީއެލް މުވައްޒަފަކަށް އަނިޔާވެއްޖެއެވެ.

އެމްޕީއެލުން ބުނީ މި ހާދިސާ ހިނގާފައިވަނީ ރޭ 9:30 ހާއިރު ކަމަށެވެ. މިހާދިސާގައި އަނިޔާވި މީހާ ކޮންޓެއިނާ ސްޕްރެޑަރ އަޅުވަން އުޅެނިކޮށް ބޯޓު ރޯލު ކުރުމުން ސްޕްރެޑަރ އޭނާ ގައިގައި ޖެހި ކަހާލައި ތިރީގައި ހުރި ކޮންޓެއިނަރ މައްޗަށް ވެއްޓުނީ ކަމަށް އެމްޕީއެލްގެ ތަރުޖަމާން ވިދާޅުވިއެވެ. ހާދިސާގައި އަނިޔާވީ މީހާގެ ކަނާއަތު އުޅަނބޮށި ނެއްޓިިފައިވާ ކަމަށް އެމްޕީއެލުން މައުލޫމާތުދެއެވެ.

އެމްޕީއެލްގެ ތަރުޖަމާން ވިދާޅުވީ އަނިޔާވީ މީހާ ވެއްޓުނީ 10 ފޫޓު މަތިން ކަމަށާއި ހާދިސާ ހިނގިތާ 15 ވަރަކަށް މިނިޓު ތެރޭގައި އޭނާ ހޮސްޕިޓަލަށް ގެންގޮސްފައި ވާކަމަށެވެ.

ހާދިސާ ހިނގި އިރުގައިވެސް މުވައްޒަފު ހުރީ އެމްޕީއެލް ބަނދަރު ސަރަހައްދުގައި އުޅެންޖެހޭ ސަލާމަތީ ކަންކަން ފުރިހަމަކޮށްގެން ކަމަށްވެސް އެމްޕީއެލުން ބުނެއެވެ.

މީގެ ދެ ހަފްތާކުރިންވެސް ވިޔަފާރި ބަނދަރުގައި ހިނގި މިފަދަ ހާދިސާއެއްގައި އެމްޕީއެލް މުވައްޒަފަކަށް އަނިޔާވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.