ޓެކްސީ ޑްރައިވަރަކު މަރާލާނެކަމަށް އިންޒާރުދިން އިންޑިއާ މީހަކު ހައްޔަރުކޮށްފި

ޓެކްސީ ޑްރައިވަރަކު މަރާލާނެކަމަށް އިންޒާރުދިން އިންޑިއާ މީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޖިމީ
10 އޮގަސްޓް 2021 10:52
0

ޓެކްސީ ޑްރައިވަރަކު މަރާލާނެކަމަށް އިންޒާރުދިން އިންޑިއާ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހުޅުމާލޭގައި ތެކްސީ ޑްރައިވަރަކަށް އަމާޒުކޮށް ފުރާނައަށް ނުރައްކާވާފަދަ އަމަލެއް ހިންގި މައްސަލައެއް ރޭ 12:33 ހާއިރު ފުލުހުންނަށް ހުށައަޅާފައިވާކަމަށެވެ. މި މައްސަލައިގެ ތުހުމަތުގައި 25 އަހަރުގެ އިންޑިއާ ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު މަސްތުގެ ހާލަތުގައި ހުރިކަން ފާހަގަވެފައިވާކަމަށްވެސް ފުލުހުން ބުންޏެވެ. މި މައްސަލަ ތަހުގީގްކުރަމުން އަންނަކަމަށްވެސް ފުލުހުން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.