ހިޔާ ފްލެޓްތަކުގެ ކުލި ނަގަން ފަށާނީ ޑިސެމްބަރު މަހުން ފެށިގެން: އެޗްޑީސީ

ހިޔާ ފްލެޓްތަކުގެ ކުލި ނަގަން ފަށާނީ ޑިސެމްބަރު މަހުން ފެށިގެން: އެޗްޑީސީ

Author
މުޙައްމަދު ޖިމީ
09 އޮގަސްޓް 2021 12:17
0

ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތަކުގެ ކުލި ނަގަން ފަށާނީ އަންނަ ޑިސެމްބަރު މަހުންފެށިގެންކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.

އެޗްޑީސީންމިހާރު ކުރަމުންދަނީ ހިޔާ ފްލޓް ލިބުނު މީހުންނާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތެވެ. ހިޔާ ފްލެޓްތައް ލިބުނު މީހުންނާއި އެތަން ހަވާލުކުރަނީ ފިނިޝިންގެ މަސައްކަތް ނުނިންމާކަމުން، އެ މަސައްކަތްކުރުމަށް އެމީހުންނަށް އެކަސށީގެންވާ މުއްދަތެއް ދޭނެކަމަށް އެޗްޑީސީން ބުނެފައިވެއެވެ. އެގޮތުން ތިން މަސްދުވަސް ދޭނެކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙްމަދު ވިދާޅުވީ، ފްލެޓްތަކަށް ކަރަންޓް ގުޅުމުގައި ލަސްތަކެއްވެފައިވާކަމަށެވެ. ނަމަވެސް މިމަހުގެ 17ގައި ފްލެޓްތަކަށް ދާއިމީކޮށް ކަރަންޓް ގުޅުމަށް ހަމަޖެހިފައިވާކަމަށްވެސް ސުހައިލް ވިދާޅުވިއެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ދޫކުރާ 6720 ހައުސިންގ ޔުނިޓު ލިބުނު ފަރާތަކާއެކު އެއްބަސްވުން އެކުލަވާލާ ފްލެޓުތަކުގެ ތަޅުދަނޑި ޙަވާލުކުރަން ފަށާފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުގައެވެ. އެހެންކަމުން ކުލި ދައްކަން ނުޖެހޭ ތިން މަސް ގުނަ ފެށޭނެކަަމަށް ބެލެވެނީ ސެޕްތެމްބަރު މަހުން ފެށިގެންކަމަށާއި، ހިޔާ ފްލެޓްތަކުގެ ކުލ ޑިސެމްބަރު މަހުންފެށިގެން ހިނގަން ފަށާނެކަމަށް ސުހައިލް ވިދާޅުވިއެވެ. ހިޔާ ފްލެޓްތަކުގެ ކުލީގެ ގޮތުގައި ދައްކަންޖެހޭނީ 8500 ރުފިޔާއެވެ. އެއީ ކުލީގެ 7،500 ރުފިޔާއާއި، މެއިންޓެނެންސް ފީ އަށް ނަގާ 1،000 ރުފިޔާ އާއެކުއެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ދޫކުރާ 6720 ހައުސިންގ ޔުނިޓު ލިބުނު ފަރާތަކާއެކު އެއްބަސްވުން އެކުލަވާލާ ފްލެޓުތަކުގެ ތަޅުދަނޑި ޙަވާލުކުރަން ފަށާފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުގައެވެ.

ފްލެޓުގެ އެއްބަސްވުން އެކުލަވާލުމަށް ވަކި ދުވަސްތަކެއް ކަނޑައާޅާފައި ވީނަމަވެސް އެއްބަސްވުން އެކުލަވާލެވޭނީ އެކަމަށްޓަކައި އެޗްޑީސީން ދޫކުރާ ފޯމުތައް ފުރިހަމަކޮށް ލިޔެކިޔުންތައް ހަމަކުރުމުންނެވެ. މިކަންކަން ފުރިހަމަ ނުކުރާ ފަރާތްތަކާއެކު އެޓަވަރެއްގެ އެއްބަސްވުން އެކުލަވާލަން ކަނޑައެޅިފައިވާ ދުވަހުގައި ކުރިއަށް ނުދެވޭނެކަމަށް އެޗްޑީސީން ބުންޏެވެ. އެހެންކަމުން އެއްބަސްވުންތަކުގައި ސޮއިކުރުމަށް ދިއުމުގެ ކުރިން މަޢުލޫމާތު ސާފުކުރުމަށް އެޗްޑީސީން އިލްތިމާސްކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.