އޮލިމްޕިކުގެ ރަން މެޑަލް ބްރެޒިލުން ދިފާއުކޮށްފި

އޮލިމްޕިކުގެ ރަން މެޑަލް ބްރެޒިލުން ދިފާއުކޮށްފި

Author
މުޙައްމަދު ޝަޒައިމް
07 އޮގަސްޓް 2021 08:38
0

އެންމެ ފަހުގެ އޮލިމްޕިކްސް ފުޓުބޯޅަ ފިރިހެން ބައިގެ ޗެންޕިއަންކަން ހޯދި ބްރެޒިލް އިން މިފަހަރުގެ އޮލިމްޕިކްސް ފުޓުބޯޅައިގެ ފިރިހެން ބައިގެ ރަން މެޑެލް ދިފާއުކޮށްފިއެވެ.

ޓޯކިއޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސް ފުޓުބޯޅައިގެ ފިރިހެން ބައިގެ ރަން މެޑެލް ބްރެޒިލް ދިފާއުކުރީ ސްޕެއިންއިން އަތުން މޮޅުވެގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެޓީމު 1-1 އިން އެއްވަރުމުން، އިތުރުވަރުގެ ދެހާފް ވަނީ ވަނީ ކުޅެފައެވެ.

ބްރެޒިލްއަށް ރަން މެޑެލް ލިބުނު ގޯލް ޖަހައިދިނީ މެލްކޮމްއެވެ. އޭނާ މިލަނޑު ކާމިޔާބު ކުރީ އިތުރު ވަގުތުގެ ދެވަނަ ހާފް ފެށިތާ ދެނަވަ މިނިޓްގައެވެ. މިމެޗުގައި ބްރެޒިލްގައި 90 މިނިޓް ތެރޭގައި ނަތީޖާ ނެރުމަށް ގިނަ ފުރުސަތުތަކެއް ލިބި ވަނީ ބޭކާރު ކޮށްލާފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ބްރެޒިލް ފޯވާޑް އަދި މިމުބާރާތުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ ރިޗާލްސަން އަށް ވަނީ ޕެނެލްޓީއެއް ލިބި ބޭކާރުވެފައެވެ.

މިއީ އޮލިމްޕިކްސް ފުޓުބޯޅަ މުބާރާތް ބްރެޒިލް ކާމިޔާބު ކުރި 2 ވަނަ ފަހަރެވެ. މިކާމިޔާބީއާއިއެކު އެންމެ ބޮޑު ޝަރަފެއް ލިބިގެން ގޮސްފައިވަނީ ޓީމުގެ ކެޕްޓަން ޑެނީ އަލްވޭޒް އަށެވެ. އޭނާއަކީ މިމުބާރާތުގައި ނޭމާގެ ބަދަލުގައި ޓީމުގައި ހިމަނައިގެން ކުޅުމުގެ ފުރުސަތު ލިބުނު ދުވަސްވީ ހަމައެކަނި ކުޅުންތެރިޔާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.