އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއަށް އިންސާފު ލިބުނު ކަމަށް ވަނީ ކޮންކަމެެއް ފުރިހަމަވެގެންތޯ، އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) ސުވާލު އުފައްދަވައިފިއެެވެ.
މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ދިނުމުގައި އިސްކޮށްއުޅުނު 4 މީހެއްގެ މައްސަލަ ތަހުގީގުކޮށް މިހާރު ވަނީ ދައުވާވެސް އުފުލާފައެވެ.
މި ކަންކަމާގުޅިގެން އިބްރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާ ދިން މީހުން ހޯދައި އެމީހުންގެ މައްސަލަތައް ޝަރީއަތަށް ފޮނުވާފައިވާ ކަމަށެވެ. އަދި ރައީސް ނަޝީދަށް ދިން ހަމަލާއަކީ ވަކި މީހަކު ނުވަތަ ބަޔަކު ފަންޑުކޮށްގެން ކުރިކަމެއް ނޫންކަން ވެސް ހާމަކޮށްފައި ވާކަމަށްވެސް އިބްރާ ވަނީ ވިދާޅުވެފައެެވެ.
މީގެއިތުރުން "ރައީސް ނަޝީދަށް އިންސާފު ލިބުން" ކަމަށްވާނީ ކޮންކަމެއް ވީމާ ތޯ ސުވާލު އުފައްދަވައި އިބްރާ ވިދާޅުވީ އެކަމެއް އެނގެންވެއްޖެ ކަމަށެވެ. އަދި ސަރުކާރަށް އެކަމެއް ކުރަންވެސް އެނގޭނީ އެއިރުން ކަމަށްވެސް އިބްރާ ވަނީ ވިދާޅުވެފައެވެ.
Majlis Raees ah hamalaa dhin meehun hoadhaa, shareeathah fonuvaifi.
Vaki bayaku/meehaku fund koggen kuri kameh noon kamah qaaim koffi.
"RN ah insaafu libun" kamah vaanee kon kameh veemaa baa eve? Ekameh en'gen vejje eve. Eyrunthaa sarukaarun ekameh kuran en'geyneeves.
— Ibra – Unapologetically for Justice (@ibramandhu) August 6, 2021
ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާއާ ގުޅިގެން އިންސާފު ގާއިމުކޮށްދިނުމުގައި ސަރުކާރުން ފެއިލް ވެފައި ވާކަމަށް ރައީސް ނަޝީދުގެ އިތުރުން އެމަނިކުފާނަށް ތާޢީދުކުރައްވާ ބޭފުޅުން ތަކުރާރުކޮށް ގެންދަނީ ވިދާޅުވަމުންނެވެ.
އެގޮތުން މި މައްސަލައިގެ ތަހުގީގު ކުރިއަށްދާގޮތް ބެލުމަށް އެމްޑީޕީގެ ތެރެއިން އެކުލަވާލާފައިވާ މޭ ހައެއް ކޮމިޓީން ދާދިފަހުން ވަނީ މިހަމަލާގެ ފަހަތުގައި ފައިސާގެ މުއާމަލާތެއް ނުހިނގާކަމަށް ގަބޫލު ނުކުރެވޭތީ، ހަމަލާގައި ހިނގާފައިވާ ފައިސާގެ މުއާމަލާތުގެ ތަފްސީލް ހޯދުމަށް ފުލުހުންގެ ކިބައިން އެދިފައެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލަން މޭ މަހުގެ 6 ވަނަދުވަހުގެރޭ ދިން ހަމަލާއާއި ގުޅިގެން ފުލުހުން މިހާތަނަށްް 10 މީހެއް ހައްޔަރުކޮށްފައިވާއިރު، މައްސަލައިގެ ތަހުގީގު ނިންމައި 5 މީހެއްގެ މައްޗަށް ދައުވާކުރުމަށް ފުލުހުން ވަނީ ޕީޖީއޮފީހަށް ފޮނުވާފައެވެ. މީގެތެރެއިން މިވަގުތަށް ދައުވާކުރަން ހަމަޖެހިފައި ވަނީ 4 މީހެއްގެ މައްޗަށް ކަމަށް ޕީޖީ މީގެކުރިން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ