ބޮލީވުޑްގެ މަޝްހޫރު ތަރި ރިތިކް ރޯޝަން އަރަބިއަން ސީގެ މަންޒަރު ވިއުއެއް ފެންނަން އިންނަ ދެ އެޕާޓްމެންޓެއް ގަނެފިއެވެ.
މިޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މި ދެ އެޕާޓްމެންޓްގެ އަގު 97.5 ކްރޯޑް ރުޕީސް އަށް އަރާނެއެވެ. މީގެ ތެރެއިން އެއް އެޕާޓްމެންޓަކީ ޑުޕްލެކްސް ޕެންޓްހައުސް އެކެވެ. އަދި ދެވަނަ އެޕާޓެމެންޓަކީ ސިންގަލް ސްޓޯރޭ ހޯމްއެކެވެ. އޭނާ މި އެޕާޓްމެންޓާއި ގުޅުން ހުރި ޑީލްތައް މި ހަފްތާ ކުރީކޮޅު ވަނީ ނިންމާލާފައެވެ.
ރިތިކް ގަތް އެ އެޕާޓްމެންޓް ހުންނަކީ މުމްބާއީގެ ޖުހޫ ވެރްސޯވާ ލިންކް ރޯޑުގައެވެ. އޭނާ ގަނެފައިވާ ދެ އެޕާޓްމެންޓަކީ އިމާރާތެއް 14،15،16 ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމެންޓްތަކެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ އެޕާޓްމެންޓްގައި ހުރެފައި އަރަބިއަން ސީ ވަރަށް ރީއްޗަށް ފެންނާނެއެވެ. އަދި ބޮޑު ޓެރެސް އާއި 10 ޕާކިންގ ލޮޓްވެސް ލިބޭނެ ކަމަށްވެސް ވެއެވެ.
ރިތިކް ޑުޕްލެކްސް އެޕާޓްމެންޓަށް ދައްކާފައި ވަނީ 67.5 ކްރޯޑް ރުޕީސް އެވެ. އަދި 14 ވަނަ ފަންގިފިލާގެ އެޕާޓްމެންޓަށް ދައްކާފައި ވަނީ 30 ކްރޯޑް ރުޕީސް އެވެ.
ކޮމެންޓު ފޮނުވާ