ރައީސް ޞާލިހުއާއި އޮތީ ސިޔާސީ ދެބަސްވުމެއް، ރުޅިވެރިކަމެއްނެތް: ނަޝީދު

ރައީސް ޞާލިހުއާއި އޮތީ ސިޔާސީ ދެބަސްވުމެއް، ރުޅިވެރިކަމެއްނެތް: ނަޝީދު

ގުޅުންހުރި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުއާއި އޮތީ ސިޔާސީ ދެބަސްވުމެއް ކަމަށާއި، އެމަނިކުފާނައި އެއްވެސް ރުޅިވެރިކަމެއް ނެތްކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހުގެ ޒަމާންވީ އެކުވެރިޔާ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު "އައްޑޫ ވޮއިސް" ނަމުގައި ކުރިއަށް ދިޔަ އޮންލައިން ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެން ވިދާޅުވީ ރައީސް ޞާލިހާއި އެމަނިކުފާނަކީ ޒަމާންވީ ދެ އެކުވެރިންކަމަށެވެ. ސިޔާސީ ގޮތުން ޚިޔާލު ތަފާތުވާންޖެހޭ ކަންކަމުގައި ޚިޔާލު ތަފާތުވެ، ސިޔާސީ މަސައްކަތް އެކީގައި ނުކުރެވުނު ނަމަވެސް ދެމީހުންގެ ގުޅުމަށް އަސަރު ނުކުރާކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިފަދަ ގޮތަކަށް ވިދާޅުވެފައިވާއިރު، އެމަނިކުފާނަށް ދިން ޓެރަރިސްޓް ހަމައާއަށްފަހު އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ނުގުޅުއްވާތާވެސް ދުވަސްތަކެއް ވެފަިއވާކަމަށް ބައެއް ފަރާތްތަކުން ދަނީ ވިދާޅުވަމުންނެވެ. އަދި ރައީސް ނަޝީދު ވަނީ ވަރަށް ފާޅުގައި އެކި ފޯރަމްތަކުގައި ރައީސް ޞާލިހާއިއެކު ސިޔާސީ މަސައްކަތް ނުކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއަށްފަހު ރައީސް ޞާލިހާއި، ރައީސް ނަޝީދުގެ އާއިލީ ބޭފުޅުންގެ މެދުގައިވެސް ބަހުގެ ހަމަލާތައް ދަނީ ބަދަލު ކުރަމުންންނެވެ. ޚާއްސަކޮށް ރައީސް ނަޝީދުގެ އާއިލީ ބޭފުޅުންގެ ހަމަލާތަކެއް ރައީސް ޞާލިހުގެ އާއިލީ ބޭފުޅުންނަށް ދަނީ ރައްދު ކުރަމުންނެވެ. މިޚިޔާލތު ތަފާތުވުންތަކުގައި އެމްޑީޕީ ތެރެވެސް ވަނީ ވަރަށް ބޮޑަށް ބައިބައި ވެފައެވެ. އެގޮތުން އެމްޑީޕީގެ ޤައުމީ މަޖިލިސްއާއި، މަޖިލިސްގެ މެޖޯރިޓީވެސް ރައީސް ޞާލިހު ވަނީ ނަންގަވާފައެވެ. އަދި ޤައުމީ މަޖިލިސް ބައްދަލުވުންތަކުގަިއ ނެގިގެންދާ ވޯޓުތަކުންނާއި، މަޖިލީހުގައި ނެގޭ ވޯޓުތަކުން މިކަން ދަނީ ހާމަވަމުންނެވެ.

ރައީސް ނަޝީދު ވަނީ ރައީސް ޞާލިހާއިއެކު ސިޔާސީ މަސައްކަތް ނުކުރެވޭނެ ކަމަށްވިދާޅުވެ، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނާއިއެކު ކޯލިޝަން ހަދަން ބޭނުންވާކަމަށްވެސް ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ