އޮލިމްޕިކްސް ފުޓުބޯޅަ އިވެންޓުގެ ފައިނަލުގައި ބްރެޒިލްއާއި ސްޕެއިން

އޮލިމްޕިކްސް ފުޓުބޯޅަ އިވެންޓުގެ ފައިނަލުގައި ބްރެޒިލްއާއި ސްޕެއިން

ގުޅުންހުރި

ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސް ފުޓުބޯޅައިގެ ފިރިހެން އިވެންޓުގެ ފައިނަލުން އެންމެ ފަހުގެ ޗެންޕިއަން ބްރެޒިލްްއާއި، ސްޕެއިން ޖާގަ ހޯދައިފިއެވެ.

ފައިނަލުން ބްރެޒިލް ޖާގަހޯދީ ސެމީފައިނަލްގައި މެކްސިކޯއާ ބައްދަލުކުރި މެޗު ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވީއިރުވެސް ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުމުން ޕެނަލްޓީ ޖަހައިގެން 4 ލަނޑު 1 ލަނޑުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމުންވެސްވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް ދެ ޓީމުގެ ކުޅުންތެރިން އުފެއްދި ހަމަލާތަށް ލަނޑަށް ބަދަލުކުރެވޭގޮތެއް ނުވިއެވެ. ނަތީހާއަކަށް ވެގެން ދިޔައީ ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތުގެ ދެ ހާފު ނިމުނުއިރުވެސް ދެޓީމުން ކުރެ އެއްވެސް ޓީމަށް ލަނޑެއް ކާމިޔާބުކުރެވޭގޮތް ނުވުމެވެ. މެޗުގެ ނަތީޖާ ނެރުނީ ޕެނެލްޓީ ޖަހައިގެންނެވެ.

ފައިނަލުން ސްޕެއިން ޖާގަ ހޯދީ ސެމީ ފައިނަލުގައި ޖަޕާންއާ ބައްދަލުކުރި މެޗު ފުރިހަމަ ވަގުތު ހަމަވީއިރު ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުމުން އިތުރު ވަގުތު ކުޅެ، އެއް ލަނޑު ސުން ލަނޑުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެޓީމުންވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް ދެ ޓީމުގެ ކުޅުންތެރިން އުފެއްދި ހަމަލާތަށް ކާމިޔާބުކުރެވޭގޮތެއް ނުވިއެވެ. ނަތީޖާއަކަށް ވެގެންދިޔައީ ފުރިހަމަ ވަގުތު ހަމަވީއިރު ލަނޑެއް ނުފެނުމުން އިތުރު ވަގުތުގެ ދެ ހާފު ކުޅެންޖެހުމެވެ. އަދި އިތުރު ވަގުތުގައިވެސް ކުޅުން ދިޔަ ގޮތުން ދެވަނަ ސެމީ ފައިނަލްވެސް ޕެނަލްޓީއަށް ހިނގައިދާނެކަމަށް ހީވެގެންދިޔައެވެ. ނަމަވެސް ސްޕެއިންގެ މާކޯ އަސެންސިއޯ އިތުރު ވަގުތުގެ ކުޅުން ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ކާމިޔާބު ކޮށްދިން ލަނޑާއެކު ސްޕެއިންއިން މި މެޗު ކާމިޔާބުކުރިއެވެ.

މިމުބާރާތުގައި މުބަރާތް ބާއްވާ ޤައުމު އަދި ސްޕެއިން އަތުބް ބަލިބި ޖަޕާނު ތިންވަނަ ހޮވާ މެޗުގައި ބައްދަލުކުރާނީ ބްރެޒިލް އަތުން ބަލިވި މެކްސިކޯއާއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ