ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާވެސް 1 މަހަށް އިތުރުކޮށްފި

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާވެސް 1 މަހަށް އިތުރުކޮށްފި

ކޯވިޑް-19ގެ ސަބަބުން ރާއްޖޭގައި އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު 1 މަސް ދުވަަށް އަނެއްކާވެސް އިތުރުކޮށްފި އެވެ.

ހެލްތުމިނިސްޓަރ އަޙްމަދު ނަސީމް ސޮއިކުރައްވާ މިއަދު ނެރުއްވި ގަރާރުގައި ވަނީ، މުޅި ދުނިޔޭގައިވެސް ފެތުރެމުންދާ ކޯވިޑްގެ ނުރައްކާތެރިކަން ރާއްޖެއަށް އަދިވެސް އިންތިހާއަށް އެބައޮތް ކަމަށާއި، އަދި ކޯވިޑް19 އާއި ގުޅިގެން ފާއިތުވެދިޔަ އަހަރުގެ މާރޗް 12 އިންފެށިގެން ދަމަހައްޓަމުން އައި ކުއްލި ނުރައްކަލުގެ ހާތުގެ މުއްދަތުގައި، މި ބަލި ފެތުރެމުން ދިއުމުގެ ނުރައްކާ އަދިވެސް ރާއްޖޭގައި އެބައޮތް ކަމަށެވެ.

އެހެންކަމުންވެސް، ރާއްޖޭގައި އާންމުކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އަދިވެސް އެގޮތުގައި ދަމަހައްޓަންޖެހެނީ، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަފާ ދެއްވާފައި ވާތީކަމަށްވެސް، ހެލްތު މިނިސްޓަރ ސޮއިކުރައްވާ ނެރުއްވި ގަރާރުގައި ލިޔުއްވާފައި ވެއެވެ.

މިގޮތުން، ބަލީގެ ހާލަތު ރާއްޖޭގައި ކޮންޓްރޯލް ކުރުމަށް ވަގުތާއި ހާލަތުގެ ގޮތުން އަޅުއްވަންޖެހޭ ފިޔަވަަޅުތައް، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫގެ ދަށުން އަޅުއްވަމުން ގެންދިމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް، މިގަރާރުންވަނީ ލަފާ ދެއްވާފައެވެ.

މިފަހަރު މުއްދަތު އިތުރުކޮށްފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ މި މުއްދަތު އިތުރުކުރި 17 ވަނަ ފަހަރެވެ.

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުން ހެލްތު މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަށް ފުރަތަމަ އިއުލާނުކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *