ޔުކްރޭންގެ ކޯޗު ކަމުން ޗެވްޗެންކޯ ވަކިވެއްޖެ

ޔުކްރޭންގެ ކޯޗު ކަމުން ޗެވްޗެންކޯ ވަކިވެއްޖެ

Author
އިބްރާހީމް ސާޢިދު
02 އޮގަސްޓް 2021 09:47
0

ޔޫކްރޭނުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމުން އަންދްރޭ ޗެވްޗެންކޯ ވަކިވެއްޖެއެވެ.

ޗެވްޗެންކޯގެ އިރުޝާދުގެ ދަށުން މި ފަހަރުގެ ޔޫރޯގައި ޔޫކްރޭން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މި ފަހަރުގެ މުބާރާތުގެ ކުއާޓާގައި ޔޫކްރޭން ވާދަކުރިއިރު، ކުއާޓާއިން ޔޫކްރޭން ކެޓީ ރަނަރަޕްކަން ހޯދި އިންގްލެންޑް އަތުން 4-0 ގެ ނަތީޖާއަކުން ބަލިވުމުންނެވެ. ޗެވްޗެންކޯ އެންމެ ފުރަތަމަ ޔޫކްރޭން ޓީމާ ހަވާލުވީ 2016 ވަނަ އަހަރު ފެބްރުއަރީ މަހު އެސިސްޓަންޓް ކޯޗެއްގެ ގޮތުގަ.

އެ އަހަރުގެ ޔޫރޯއަށްފަހު ޔޫކްރޭން ކޯޗުގެ މަގާމުން މައިހޭލޯ ފޮމެންކޯ ވަކިކޮށް، ޗެވްޗެންކޯއަށް ވަނީ ގައުމީ ޓީމުގެ ހެޑް ކޯޗުކަން ރަސްމީކޮށް ހަވާލުކޮށްފައެވެ.

ޗެވްޗެންކޯ ވަނީ އަމިއްލަ އިންސްޓާގްރާމުގައި ހިއްސާކުރި މެސެއްޖެ ޔުކްރޭނުގެ ކޯޗުކަމުން ވަކިވިކަން އިއުލާން ކޮށްފައެވެ. އޭނާ މިހާތަނަށް ޓީމަކަށް އިރުޝާދުދީފައިވަނީވެސް ޔޫކްރޭނުގެ ގައުމީ ފުޓްބޯޅަ ޓީމަށް އެކަނިއެވެ. މި ފަހަރުގެ ޔޫރޯގެ ކުއާޓާގައި ޔޫކްރޭން ވާދަކުރިއިރު، މިއީ އެ ގައުމުގެ ތާރީޚުގައި މި މުބާރާތުގެ ކުއާޓާގައި ކުޅުނު ފުރަތަމަ ފަހަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.