ލޮކޮޓޮލީ ހޯދަން ޔެވެންޓަސްއިން މަސައްކަތް ފަށައިފި

ލޮކޮޓޮލީ ހޯދަން ޔެވެންޓަސްއިން މަސައްކަތް ފަށައިފި

Author
އިބްރާހީމް ސާޢިދު
02 އޮގަސްޓް 2021 09:49
0

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އިޓަލީ އަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާ ކުރި މިޑްފީލްޑަރު މެނުއަލް ލޮކަޓެލީ ގެންދަން ޔުވެންޓަސް އިން ހުށަހަޅައިފިއެވެ.

ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އެލެގްރީ ގެންނަން ބޭނުންވާ ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައި ހިމެނެނީ ލޮކޮޓެލީއެވެ. އޭނާގެ ޓްރާންސްފާ ފީއެއްގެ ގޮތުގައި ސަސުއޯލޯއިން ކިޔާ އަގަކީ 47 މިލިއަން ޑޮލަރުއެވެ. ޔުވެންޓަސްގެ ސްޕޯޓިން ޑައިރެކްޓާ ޕަވެލް ނެޑްވިޑް ބުނީ، ލޮކަޓެލީގެ މިހާރުގެ ކްލަބު، ސަސުއޯލޯ ހިތްހަމަޖެހޭވަރުގެ ހުށަހެޅުމެއް ޔުވެންޓަސް އިން ހުށަހަޅައިފައި ވާނެކަމަށެވެ.

ޔޫރޯގެ ގުރޫޕް ސްޓޭޖުގައި ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ލޮކޮޓެލީ، ވަނީ ދެ ލަނޑު ޖަހައިފައެވެ. އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ، ލޮކޮޓެލީ ބޭނުން ކުރީ މާކޯ ވެރާޓީ އަނިޔާގައި ހުރުމުން އޭނާގެ ބަދަލުގައެވެ. ވެރާޓީ އަނިޔާއިން ރަނގަޅުވެގެން އައުމުން ވެސް ލޮކޮޓޮލީ ވަނީ މަންޗީނީގެ އިތުބާރު ހޯދާފައެވެ.

މީޑިޔާ ރިޕޯޓުތައް ބުނާގޮތުން ކުޅުންތެރިޔާ ހޯދުމަށް ޔެވެންޓަސް އިން ހުށައިހަޅާފައިވަނީ ސަސުލޯއިން ކިޔާ އަގަށްވުރެ ކުޑަ އަގެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.