ރައީސް ޔާމީނާ ދެކޮޅަށް 86 ހެކި

ރައީސް ޔާމީނާ ދެކޮޅަށް 86 ހެކި

ގުޅުންހުރި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއާއި ގުޅިގެން އެމަނިކުފާނާ ދެކޮޅަށް 86 ހެއްކެއް ދައުލަތުން ހުށަހަޅައިފިއެވެ.

ދައުވާގައިވާ ގޮތުން ރައީސް ޔާމީން ރިޝްވަތު ނަންގަވާފައި ވަނީ ފުއްގިރީގައި ރިސޯޓެއް ހަދަން އެރަށް ކުއްޔަށް ދޫކޮށްގެން މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާ މެދުވެރިކޮށެވެ. އަދި މަނީލޯންޑާ ކޮށްފައިވަނީ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުން ކޮށްގެންނެވެ.

އެ މައްސަލައިގައި މިއަދު ހެނދުނު 9:00 އަށް ތާވަލުކޮށްގެން ބޭއްވީ ދެ ފަރާތުން ވެސް ހެކި ހާމަކުރުމަށް ބޭއްވި އަޑުއެހުމެކެވެ. ހެކި ހާމަކުރަމުން ދައުލަތުން ބުނީ، ދެ ދައުވާ އަށް ވެސް ހުށަހަޅާފައި ވަނީ އެއް ހެކިތަކެއް ކަމަށެވެ. ޝަފަވީ އަދި ކިތާބީ ހެކި ހިމެނޭޙެން ޖުމުލަ 86 ހެއްކެއް ހާމަ ކުރި އެވެ. ނަމަވެސް، ވަގުތު ސަލާމަތް ކުރުމަށް އެ ހެކިތައް ހުށަހަޅާ ސަބަބުތަކެއް ދައުލަތުން ބަޔާނެއް ނުކުރެއެވެ.

ދައުލަތުން ހުށަހެޅި ހެކިތަކުގެ ތެރޭގައި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް)، ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ މައުރޫފް ހިމެނެއެވެ. ޔާމީންގެ މައްޗަށް ފަސް އަހަރުގެ ހުކުމް އިއްވި ވޮޑަމުލާ މައްސަލައިގައި ވެސް އަދީބާއި ޒިޔަތަކީ ދައުލަތުގެ މުހިންމު ހެކިވެރިންތަކެކެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ވެސް ވަނީ ޝަފައީ ހެކިންނާއި ކިތާބީ ހެކިން ހުށަހަޅާފަ އެވެ. އެގޮތުން ޖުމްލަ 30 ހެއްކެއް ހުށަހެޅުއްވި އެވެ. ޝަފައީ ހެކިންގެ ގޮތުގައި މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އާއި ސަން ސިޔާމާއި، އަހުމަދު ކްރިކް ރިޒާ ހިމެނެއެވެ. ދައުވާގައިވާ ގޮތުން ރައީސް ޔާމީން ރިޝްވަތު ނަންގަވާފައި ވަނީ ފުއްގިރީގައި ރިސޯޓެއް ހަދަން އެރަށް ކުއްޔަށް ދޫކޮށްގެން އަހްމަދު ކްރިކް ރިޒާ މެދުވެރިކޮށެވެ. އަދި މަނީލޯންޑާ ކޮށްފައިވަނީ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުން ކޮށްގެންނެވެ.

ދައުލަތުގެ ހެކިވެރިންގެ ތެރޭގައި އަދި ޔާމީންގެ ހެކިންގެ ތެރޭގައި ވެސް ސަން ސިޔާމް ހިމެނޭ އިރު، އެ ދެ ބޭފުޅުންނަކީ ކުރިން ސިޔާސީީ ގޮތުން ވަރަށް ގާތް ބޭފުޅުންނެވެ. ޔާމީން ވެރިކަމުގައި ހުންނެވި އިރު ސިޔާމްގެ އެމްޑީއޭ އާއި ޕީޕީއެމް ކޯލިޝަނެއްގެ ގޮތުގައި މަސައްކަތް ކުރިޔަސް، 2018 ގެ ރިޔާސީ އިންތިހާބާ ކައިރިކޮށް، ސިޔާމް ވަނީ ސިޔާސީ ގޮތުން ޔާމީނާ ދުރަށް ވަޑައިގެންފައެވެ.

މި މައްސަލައިގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ދެފަރާތައި ވެސް ވަނީ 10 ދުވަހުގެ މުއްދަތު ދީފަ އެވެ. މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ މިމަހުގެ 22 ވަނަ ދުވަހު ކަމަށް އިސް ގާޒީ ވަނީ އިއުލާނުކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ