ޕްރިލިމިނަރީ ބުރުގައި ސާއިދުއަށް ހަތަރުވަނަ، ރާއްޖެއަށް އޮލިމްޕިކްސް ނިމިއްޖެ

ޕްރިލިމިނަރީ ބުރުގައި ސާއިދުއަށް ހަތަރުވަނަ، ރާއްޖެއަށް އޮލިމްޕިކްސް ނިމިއްޖެ

ގުޅުންހުރި

އޮލިމްޕިކްސްގެ 100 މީޓަރު ޕްރިލިމިނަރީ ބުރުގައި ރާއްޖޭގެ ހަސަން ސާއިދު ވާދަކުރި ހީޓުން ހަތަރު ވަނަ ހޯދައިފިއެވެ.

ސާއިދު ހީޓު ރައުންޑަށް ކޮލިފައިނުވުމުން، ރާއްޖެއަށް ވަނީ މިފަހަރުގެ އޮލިމްޕިކްސް ނިމިފައެވެ. ބްރެޒިލްގެ ރިއޯ ޑީ ޖެނީރޯގައި 2016 ގައި ބޭއްވި އޮލިމްޕިކުސްގެ ޕްރިލިމިނަރީ ބުރުގައި ވާދަކޮށް، މުޅި ޕްރލިމިނަރީ ބުރުން ސާއިދު އޭރު އެއް ވަނަ ހޯދީ 10.43 ސިކުންތުންނެވެ.

ހީޓު 3 އިން ތިން ވަނަ ހޯދީ ރެފިއުޖީ އެތުލީޓުންގެ ފަރާތުން ތަމްސީލު ކުރި ޑޯރިއަން ކެލެޓެލާ އެވެ. އޭނާ ރޭސް ނިންމީ 10. 33 ސިކުންނތުންނެވެ. ދެ ވަނަ ހޯދީ ގެބޯންގެ ގޯރާން މަގަންގާ އެވެ. އޭނާ ރޭސް ނިންމީ 10.61 ސިކުންތުންނެވެ. ތިން ވަނަ ހޯދި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ އެތުލީޓު އޮލިވާ މިވިމްބާ ރޭސް ނިންމީ 10.63 ސިކުންތުންނެވެ.

ނުވަ މީހުން ބައިވެރިވި ޕްރިލިމިނަރީ ބުރުގައި ސާއިދު ރޭސް ނިންމީ 10.70 ސިކުންތުންނެވެ. ސާއިދު ވާދަކުރި ހީޓުން އެއް ވަނަ ހޯދީ ޒިމްބާބްވޭގެ މަކްޝާ ނޮގާނީ އެވެ. އޭނާ ރޭސް ނިންމީ 10.32 ސިކުންތުންނެވެ. ދެ ވަނަ ހޯދި ދުވުންތެރިޔާ ރޭސް ނިންމީ 10.57 ސިކުންތުންނެވެ. ތިން ވަނައިގައި ރޭސް ނިންމީ ނިކަރާގްއާގެ އެތުލީޓު، ޔެކިލް އެލިއުތު ރޮމޭރޯ އެވެ. އޭނާ ރޭސް ނިންމީ 10.67 ސިކުންތުންނެވެ.

ސާއިދު ވާދަކުރި ހީޓުން ފަސްވަނަ ހޯދީ ބެލީޒުގެ އެތުލީޓް ޝައުން ގިލް ރޭސް ނިންމީ 10.88 ސިކުންތުންނެވެ. ހަ ވަނަ ހޯދީ ކެމްބޯޑިއާގެ ސޯކޮންގް ޕެން އެވެ. އޭނާ ރޭސް ނިންމީ، 11.02 ސިކުންތުންނެވެ. ހަތް ވަނަ އަށް ދިޔަ އަފްޣާނިސްތާންގެ ނޫރު މުހައްމަދު ޝާހް ޒާހީ ރޭސް ނިންމީ 11.04 ސިކުންތުންނެވެ. އަށް ވަނަ ހޯދީ ކިރީބާސްގެ އެތުލީޓު ލަޓައިސީ މޮޔެއާ އަށެވެ. އޭނާ ރޭސް ނިންމީ 11.25 ސިކުންތުންނެވެ. ނުވަ ވަނަ ހޯދީ 11.27 ސިކުންތުން ރޭސް ނިންމި ސަމާއޯގެ ނޭތަން ކްރަމްޓަންއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ