އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ޕީޕީއެމްއާއި އަލުން ގުޅިވަޑައިގެންފިއެވެ.
މިރޭ ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެޕާޓީއަށް ވަނީ އިތުރު މެމްބަރުންތަކެއްވެސް ސޮއިކޮށްފައެވެ. ސޮއިކުރުމަށްފަހު މިރޭ ޕީޕީއެމްގެ ޕޯޑިޔަމްގައި ވާހަކަ ދައްކަވަމުން މުހައްމާ ވިދާޅުވީ، އޭނާ ޕީޕީއެމްއާއި ދުރަށް ދެވުނީތީ ނިހާޔަތަށް މަޢާފަށް އެދޭކަމަށެވެ. އަދި އޭނާ ވަނީ ޕީޕީއެމްއާއި ދުރަށް ދެވުނީތީ ރައީސް ޔާމީންއާއި، ޕީޕީއެމްގެ ސަޕޯޓަރުންގެ ކިބައިންވެސް މަޢާފަށް އެދިފައެވެ.
މުހައްމާ ވިދާޅުވީ އޭނާ ޕީޕީއެމްއާއި އަލުން ގުޅުނީ މިހާރު ވެރިކަން ކުރަމުންދާ ރައްޔިތުންނާއި ދުރު ވެރިން ވެރިކަމުން ދުރުކޮށް ރައީސް ޔާމީން އަލުން އިންތިޚާބު ކުރުމަށްކަމަށެވެ. އެމަސައްކަތުގައި ޕީޕީއެމްއިން ކުރާ ކޮންމެ ކަމެއްގައި އެންމެ ކުރީ ސަފުގައި ހުންނާނެކަމަށް މުހައްމާ ވިދާޅުވިއެވެ. .
މުހައްމާ ޕީޕީއެމްއާއި ގުޅުމުގެ ކުރިން އޭނާ އެންމެފަހުން ހުންނެވީ އެމްޑީޕީގައެވެ. މުހައްމާ އެމްޑީޕީއާ ގުޅިވަޑައިގެންނެވި އިރު ހުންނެވީ އަމިއްލަ މެމްބަރެއްގެ ގޮތުގައެވެ. ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް ކުރިން ބުނި 12 މެމްބަރުންގެ ތެރޭގައި ވެސް މުހައްމާ ހިމެނެ އެވެ. މުހައްމާވަނީ އޭނާ ޕީޕީއެމްއިން ވަކިވަކި ވަކިވުމަކީ މިހާތަނަށް އޭނާގެ ހަޔާތުގައި ހެދުނު އެންމެ ބޮޑު ގޯސްކަމަށް ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ