ސަރުކާރުން ރައްޔިތުންނަށް ޚިދުމަތްނުވި، ރައްޔިތުންގެ ނުރުހުން އަމާޒުވާ ކޮންމެ ފަހަރަކު ކުރީ ސަރުކާރު ކިޔުން ހުއްޓާލަން ނުވޭތޯ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރާއި ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ސުވާލު ކުރައްވައިފިއެވެ.
މާލޭގެ ކަރަންޓު ބިލު ބޮޑުވެ ރައްޔިތުންނަށް އެކަން ބުރައަކަށް ވެފައިވާކަމަށްބުނެ މާލެ ސިޓީގެ މޭޔަރު ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުން އާޒިމް ވިދާޅުވެފައިވަނީ މިއަދު މިޖެހޭ އުނދަގުލާ، ތަކުލީފަކީ އިއްޔެ ކަންކުރިގޮތުން ވާގޮތެއް ކަމަށެވެ.
އާޒިމްގެ ވާހަކަތަކަށް ރައްދު ދެއްވަމުން، ޝިޔާމް ވިދާޅުވީ މިސަރުކާރަށް ރައްޔިތުން ހުރިހާ ބާރެއް ދިންތާ 3 އަހަރާއި ގާތްވާއިރުވެސް އަދިވެސް ކިޔަމުންދަނީ ކުރީ ސަރުކާރުކަމަށެވެ. ރައްޔިތުން މިސަރުކާރާއި ވެރިކަން ހަވާލުކުރީ ކުރީ ސަރުކާރު ކިޔަން ނޫންކަމަށް ޝިޔާމް ވިދާޅުވިއެވެ. ރައްޔިތުންނަށް ދޭޚިދުމަތް ބޮޑުވެ، ޚިދުމަތުގެ ފެންވަރު ދަށްވުމުން ރައްޔިތުން ޝަކުވާކޮށް އެއަޑު އިއްވާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.
ބައްލަވާ އަދިވެސް ތިޔަ ހާސަރު ހުއްޓާކަށްނުވޭ. ހުރިހަ ބާރަކާއިއެކީ 3 އަހަރުވީމަ ރައްޔިތުންނަށް ތިވާހަކަތައް ވަނީ ޖޯކަކަށް. ކަންފަތްޕުޅަށް އަޑު ގެންދަން ކޮންމެ ފަހަރަކު ރައްޔިތުން މިޖެހެނީ އޮބި އަޅަން. ދައުރު ނިމުމުގެ ކުރިން ރައްޔިތުންތަކަކަށް ޚިދުމަތެއް ކޮށްދިނުންމާ އައުލާކަންބޮޑު.
– ޝިޔާމް ވިދާޅުވިއެވެ.
Ballava adhives thiya haasaru hutteykah nuveytho. Huriha baarakaa ekee 3 aharuveema rayyithunnah thivahakathah vanee jokakah. Kanfaipulhah adu gendhan komme faharaku rayyithun mijehenee obi alhan.Dhauru nimumuge kurin rayyithakah khidmatheh kohdhinun maa aulaakanbodu. @ibusolih https://t.co/BA6U36W4A7
— Ahmed Shiyam (@Shiyamaldives) July 29, 2021
އާޒިމް ވިދާޅުވީ، މިއަދު ސަރުކާރަށް އިޤްތިޞާދީ ގޮތުން މިދިމާވާ ދަތިތަކަކީ، ނިމިދިޔަ ސަރުކާރުން ޚާއްސަކޮށް މުއިއްޒުވެސް ހިމެނި ވަޑައިގަންނަވާ ކެބިނެޓަކުން އަމަލުކުރެއްވި ގޮތަކުން ޖެހެމުންދާ ދަތިތަކެއްކަމަށެވެ. ނަމަވެސް ސަރުކާރުން ދަނީ މިކަންކަން ހައްލުކޮށް ރައްޔިތުންނަށް އަދަށްވުރެ ފަހި މާދަމައެއް ހޯދުމަށް މަސައްކަތް ކުރަމުން ކަމުގައި އާޒިމް ވިދާޅުވިއެވެ.
މިއަދު މިޖެހޭ އުނދަގުލާ، ތަކުލީފަކީ އިއްޔެ ކަންކުރިގޮތުން ވާގޮތެއް. އެކަން އެގޮތައް ދިމާމިވަނީ މަނިކުފާނު އިން ކެބިނެޓަކުން ދެކޮޅުނުޖެހޭ އިގްތިޟާދީ ގިނަ ނިންމުންތަކެއް ނިންމުމުގެ ސަބަބުން. އިރާދަފުޅުން މާދަމައަކީ މާރަގަޅުދުވަހަކަށް ހަދާނަން.
– އާޒިމް ވިދާޅުވިއެވެ.
އެމްޑީޕީ ތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކަށްފަހު ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ކުއްލި ގޮތަކަށް ބައްލު ކުރެއްވުމަށްފަހު އާޒިމް ސަރުކާރަށް ތާއީދުކޮށް ވަނީ ވާހަކަ ދައްކަވަން ފައްޓާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ބޭއްވި ބައްދަލުވުމަށްފަހު، އާޒިމް ވިދާޅުވީ ބައްދަލުވުމުގައި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާއާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި މަޖިލީހާއި އެހެން މުއައްސަސާތަކާއި ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުން ރައީސާއެކު ވާހަކަ ދެކެވުނުކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ