އަންހެނުންގެ ކޮމިޓީތަކުގެ އިތުރު 3 ދާއިރާއެއްގެ ބައި-އިލެކްޝަން ސެޕްޓެމްބަރު 11 ގައި

އަންހެނުންގެ ކޮމިޓީތަކުގެ އިތުރު 3 ދާއިރާއެއްގެ ބައި-އިލެކްޝަން ސެޕްޓެމްބަރު 11 ގައި

Author
މުޙައްމަދު ޝަޒައިމް
29 ޖުލައި 2021 07:43
0

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، އިންތިޚާބު ނުކުރެވޭ އެއް ދާއިރާއާއި، އިންތިޚާބުވި ފަހުން މަޤާމުން އިސްތިއުފާދެއްވި 2 ދާއިރާއެއްގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. މި ތިން ދާއިރާގައި ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި އިންތިޚާބުނުކުރެވޭ ދާއިރާތަކުގެ ތެރެއިން 5 ދާއިރާއެއްގައި އަންނަ މަހުގެ 7 ވަނަ ދުވަހުވެސް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

އަންހެނުންގެ ކޮމިޓީތަކަށް އިންތިޚާބުވި މެމްބަރުންގެ ތެރެއިން ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ ހދ.ނޭކުރެންދޫއާއި، ނ.ކެނދިކުޅުދޫގެ އިތުރުން ރ.މަޑުއްވަރީގައެވެ. މިތިންދާއިރާގެ ތެރެއިން ހދ.ނޭކުރެންދޫގައި އަންނަ މަހުގެ 7 ވަނަ ދުވަހުވެސް އިންތިޚާބު އޮންނާނެއެވެ. ނޭކުރެންދޫގައި އިތުރު ގޮޑިއެއް ހުސްވެފައިވަނީ، އަންހެނުންގެ ކޮމެޓީއަށް އިންތިޚާބުވި މެމްބަރަކު މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ކެނދިކުޅުދޫގައާއި، މަޑުއްވަރީގައިވެސް އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ، އެދެރަށުގެ އަންހެނުންގެ ކޮމެޓީތަކަށް އިންތިޚާބުވި އެއް މެމްބަރަކު މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

އަންނަ މަހުގެ 7 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާ 5 ދާއިރާއެއްގެ ފައިނަލް ވޯޓާސް ލިސްޓު މިހާރު ކޮމިޝަނުން ދަނީ އެކުލަވާލަމުންނެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، އިންތިޚާބު ނުކުރެވޭ 10 ދާއިރާގެ ތެރެއިން 5 ދާއިރާއެއްގައި ކަނޑައެޅިފައިވާ އަދަދަށް މެމްބަރުން ކުރިމަތިލުމުން އެމެމްބަރުން ވަނީ އިންތިޚާބަކާއި ނުލައި، އިންތިޚާބުވެފައެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، އިންތިޚާބު ނުކުރެވޭ 10 ދާއިރާގެ ތެރެއިން އިންތިޚާބު ކުރަންޖެހޭ އަދަދަށް ކުރިމަތިލައިގެން އިންތިޚާބުވި ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ ސަރުކާރު ހިންގާ މައިޕާޓީގެ 5 މެމްބަރުންނާއި، އިދިކޮޅު ޕީޕީއެމްގެ 5 މެމްބަރުންނާއި، ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ 3 މެމްބަރުންނެވެ. ދެން އިންތިޚާބުވި މެމްބަރުންނަކީ އަމިއްލަ ގޮތުން ކުރިމަތިލި ކެނޑިޑޭޓުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.