މާލެ ސިޓީ ކައުންސިލުން މާލޭގައި މީޓަރު ޕާކިން ސިސްޓަމް ބަހައްޓަން ނިންމައި, އެ ހަރުކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލާއި މިހާރު އޮތް ކައުންސިލުން ހަވާލުވުމަށްފަހު މާލޭގައި ދިމާވެފައިވާ ޕާކްކުރުމުގެ މައްސަލައާއި، އިޖުތިމާއި ގިނަ މައްސަލަތައް ހައްލުުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މާލެ ސިޓީ ކައުންސިލުން މާލޭގައި މީޓާރ ޕާކިން ސިސްޓަމްގެ މަސައްކަތް ކޮށްދޭން ބަޔަކު ހޯދުމަށް ވަނީ ރޭ އިއުލާންކޮށްފައެވެ.
ސިޓީ ކައުންސިލުން ބުނެފައިވަނީ މިކަމަށ ޝަޢުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް އޮގަސްޓް މަހުގެ 19 ވަނަ ދުވަހުގެ 10 ޖަހާއިރަށް ވަޑައިގަތުމަށާއި، އަދި އަގު ހުށަހެޅުއްވުމަށް ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުގެ 11 ޖަހާއިރަށް މާލޭ ސިޓީ ކައުންސިލް އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން ދެއްވުމަށް ވަނީ ދަންނަވާފައެވެ.
މާލެ ސިޓީ ކައުންސިލުން މާލޭގައި މީޓަރު ޕާކިން ސިސްޓަމް ބަހައްޓަން ނިންމައި, އެ ހަރުކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފައިވާއިރު، މާލޭގެ އެކި ސަރަޙައްދުތަކުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ޕާކިން ޖާގަތަކަށް އެދުމުގެ މުއްދަތު ވަނީ އަންނަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.
ޕާކިންގް ޖާގަ ދޫކުރުމަށް ހަމަޖެހިފައިވަނީ 10 ސަރަހައްދަކުން ޖުމްލަ 211 ޖާގައެވެ. އޭގެތެރޭގައި މަގުމަތީ ޕާކިންގްތަކުގެ ގޮތުގައި އަމީނީމަގާ ގުޅިފައިވާ ގޯޅިތަކުން 123 ޖާގަ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަމީނީމަގު ހިމެނޭ ސަރަހައްދުގެ އިތުރަށް އާޓިފިޝަލް ބީޗް ޕާކިންއިން 24 ޖާގައާއި އަލިމަސްކާނިވާ ސަރަޙައްދު 6 ޖާގަ، ސަލްމާން މިސްކިތް ސަރަޙައްދު 58 ޖާގަ ދޫކުރުމަށް ވަނީ ނިންމާފައެވެ.
މި ޕާކިން ޖާގަތަކަށް އެދުމުގެ މުއްދަތު އިތުރުކޮށްފައިވާއިރު ސިޓީ ކައުންސިލުން ވަނީ އެތަނަށް ދައްކަން ޖެހޭ ކުލި 750 ރުފިޔާއަށް ކުޑަކުރުމަށް ނިންމާފައެވެ. ކުރިން ކުލީގެ ގޮތުގައި ދައްކަން ޖެހެނީ 3000 ރުފިޔާއެވެ.
ކޮމެންޓު ފޮނުވާ