އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިންވެސް ރާއްޖެއިން ބޭރުން ޗުއްޓީ ނިންމުމަށްފަހު އަންނަ ޓީޗަރުން 5 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަންޖެހޭ ގޮތަށް ކަނޑައަޅަައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދެކުނު އޭޝިއާގެ ޤައުމުތަކުން ވަރކް ޕާރމިޓްގައި ރާއްޖެއަށް ދަތުރުކުރާ މީހުން ކަރަންޓީނުވުމާ ގުޅޭގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ނިންމާފައިވާ ގޮތުގެ މަތީން WHO އިން އެމަޖެންސީ ބޭނުމަށް ލިސްޓްކޮށްފައިވާ ކޯވިޑް-19ގެ ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ފަރާތްތައް، ނުވަތަ ރާއްޖޭގައި ކޯވިޑް -19 އަށް ޕޮޒިޓިވްވެ ބަލިން ފަސޭހަވެފައިވާ ފަރާތް ތަކުގެ ތެރެއިން ޕޮޒިޓިވްވި ސާމްޕަލް ނެގި ތާރީޚުން ފެށިގެން 60(ފަސްދޮޅަސް ދުވަސް) ރާއްޖެ އަންނަ ދުވަހާ ހަމައަށް ހަމަނުވާ ފަރާތްތައް ކަރަންޓީނު ވާން ނުޖެހޭކަމަށެވެ.
ނަމަވެސް، ކޯވިޑް-19 ގެ ޙާލަތު އޮތް ގޮތުން، މިގޮތަށް އަންނަ ފަރާތްތައް ރާއްޖެ އަންނަގޮތަށް އައިސް ކަރަންޓީންނުވެ ސްކޫލްތަކަށް ދިއުމުގައި ހުރިކަންބޮޑުވުންތައް ކައުންސިލް އިދާރާތަކުން ގުޅުން ހުރި އިދާރާތަކުގައި ހިއްސާ ކުރަމުން ދާކަމަށެވެ.
އެހެންކަމުން، މިކަމާ ގުޅިގެން މި މިނިސްޓްރީއާއި އެޗް.ޕީ.އޭ އާއެކު ކުރެވުނު މަޝްވަރާތަކަށްފަހު ނިންމާފައިވަނީ، ދެންނެވުނު މިންގަނޑަށް ފެތިގެން ރާއްޖެ އަންނަ ބިދޭސީ ޓީޗަރުންވެސް، ރާއްޖެ އަންނަ ތާރީޚުން ފެށިގެން 5 ދުވަހުގެ މުއްދަތަށް، އެދާ ރަށުގެ ދިރިއުޅޭ ތަނުގައި ކަރަންޓީނުވުމާއި، 5 ދުވަސް ހަމަކޮށް ސާމްޕަލް ނެގުމަށްފަހު، ނަތީޖާ ނެގެޓިވްވެ ސްކޫލަށް ނެރުމަށް ވަނީ ދަންނަވާފައެވެ.
ކޮމެންޓު ފޮނުވާ