ރައްޔިތުންގެ މަޖިލީހުން ސަރުކާރުގެ އެހެން އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އެދިވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އެންމެ އިސް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް، އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް އާއި ޕާލިމަންޓްރީ ގްރޫޕްގެ ބައެއް މެމްބަރުންނާއިއެކުރޭ ބޭއްވި ބައްދަލުވުމުގައި ވަނީ އެކީގައި މަަސައްކަތް ކުރުމުގެ މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ.
މިބައްދަލުވުމަށްފަހު އާޒިމް ވިދާޅުވީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާއާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި މަޖިލީހާއި އެހެން މުއައްސަސާތަކާއި ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުން ރައީސާއެކު ވާހަކަ ދެކެވުނު ކަމަށެވެ.
Met with HEP @ibusolih this evening, to discuss about the legislative agneda of the government. It was a fruit full meeting and look forward to strengthen the cooperation between the parliament and other institutions pic.twitter.com/D3UfOjd3Tj
— ??? ???? (@aliaazim) July 26, 2021
އާޒިމް ރައީސް ސޯލިހާއި ބައްދަލުކުރެއްވި އިރު އާޒިމް މިހާތަނަށް ފާހަގަ ކުރެވެމުން އައީ ރައީސް ނަޝީދު ފެކްޝަންގެ މެންބަރެއްގެ ގޮތުގައެވެ. ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅުއްވި ގަރާރާއި ދެކޮޅަށް އާޒިމް ރޭ ވާހަކަ ދެއްކެވިއެވެ. ގަރާރަށް އޭނާ ވޯޓެއް ވެސް ނުދެއްވައެވެ.
އާޒިމް ވިދާޅުވީ، ގާނޫނުއަސާސީ އޮތް ގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް އެކަނި ލިބިވަޑައިގަންނަވާ ބާރެއް ކަމަށް ވާއިރު، އެ މަނިކުފާނުގެ ބަހެއް ނެތި އެފަދަ ގަރާރެއް ފާސްކުރުން ރަނގަޅު ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
ރައީސް ސޯލިހް، އާޒިމް އާ ބައްދަލު ކުރައްވާފައިމިވަނީ އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ރައީސް ސޯލިހްގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެ ރައީސް ސޯލިހާއެކު ސިޔާސީ ގޮތުން ނުހުންނެވޭނެ ކަމަށް ނަޝީދު ރަސްމީކޮށް ވިދާޅުވެފައިވަނިކޮށެވެ.
ކޮމެންޓު ފޮނުވާ