ޖަލު ހުކުމެއްގައި ހުއްޓާ، ޔާމީނަށް އިންތިޚާބުގައި ވާދަކުރެވިގެން ނުވާނެ: މައުމޫން

ޖަލު ހުކުމެއްގައި ހުއްޓާ، ޔާމީނަށް އިންތިޚާބުގައި ވާދަކުރެވިގެން ނުވާނެ: މައުމޫން

Author
މުޙައްމަދު ޝަޒައިމް
26 ޖުލައި 2021 12:02
0

ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް، ކުރީގެ ރައީސް އަދި އެއްބަފާ ކޮއްކޯފުޅު ޔާމީން އަބްދުލއް ޤައްޔޫމަށް އިންތިޚާބުގައި ވާދަކުރެވިގެން ނުވާނެކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ކޮންމެ މީހަކުވެސް ކުށެއް ކޮށްފިނަމަ އެމީހަކަށް ދޭންޖެހޭ އަދަބު ދިނުމަކީ ކުރަންޖެހޭ ކަމެއްކަމަށެވެ. އެގޮތުން ޔާމީން އަކީވެސް ކުށެއް ކުރުމަށްފަހު އޭގެ އަދަބު ލިބި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ބޭފުޅެއްކަމަށާއި، ރައީސް ޔާމީނަށް އެއްވެސް އިންތިޚާބެއްގައި ޖަލު ހުކުމެއްގައި ހުރެ ވާދަކުރުމަކީ ކުރެވޭނެ ކަމެއްނޫން ކަމަށެވެ. އަދި ފުރުސަތުވެސް ދެވިގެން ނުވާނެކަމަށެވެ.

ރައީސް މައުމޫން ވިދާޅުވީ، ޝަރީއަތް ނިމި، މިނިވަންވެވަޑައިގަތުމުން އެ މަސައްކަތް ކުރެއްވުމަކީ މައްސަލައެއްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށް ސާބިތުވެ ފަސްއަހަރަށް ޖަލަށްލުމާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލްކޯޓުން ހުކުމްކުރީ 2019ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. މިހުކުމް އިއްވާފައިވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި މައްސަލާގައެވެ. އަދި އެސްއޯއެފުން ޖަމާކުރި މި ފައިސާ އޭސީސީއާއި އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެއްބަސްވެޑައިގަތުމަށްފަހު އެފައިސާ ވަނީ އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް އޭސީސީއަށް ނޭގި ބަދަލުކުރައްވާފައެވެ. އަދި އެކަން އެގޮތަށް ކުރައްވާފައިވަނީ ފައިސާގެ އަސްލު އޮޅުވާލަންކަމަށް ޝަރީއަތަށް ވަނީ ސާބިތުވެފައެވެ.

ރައީސް ޔާމީންގެ މައްޗަށް އެމްއެމްޕީއާރުސީގެ މައްސަލާގައި ހުކުމެއް އިއްވާފައިވާއިރު މިމައްސަލައަކީ އިންސާފުން ބޭރުން ސަރުކާރުން ވަކި މަންފާއެއް ހާސިލް ކުރުމަށް ހިންގާ މައްސަލައެއްގެ ގޮތުގައި އިދިކޮޅު ކޯލިޝަނުން ދަނީ ބުނަމުންނެވެ. އަދި ރައީސް ޔާމީންއަށް އިއްވާފައިވަނީ ހަރާން ހުކުމެއްކަމަށް އެކޯލިޝަނުން ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޙ ޙުއްބުލްވަޠަން
ހަމަ ކެތްނުކުރެވިގެން އެއްޗެއް ބުނެލީދޯ،، ޖޭވިޔަސް ތީ ބޮޑުވަރު. އަމިއްލައަށް ކުރިކަންކަން ނުވާކަމަކަށް ހަދައިގެން ތިހެން ހުއްޓަސް އާޚިރުގައި ޢޫޤޫބާތާއި ކުރިމަތިލާން ޖެހޭނެކަމީ ޝައްކެއް އޮތްކަމެއްނޫން.
B Birubodu
ޔާމީނުވަނީ އެމްއެމްޕީއާރު ފައިސާގެ ޝަޙްޝު އޮޅުވައިލާފަ ވަރަށް ވަރަށް ސާފް އިނގޭތޯ
ޙ ޙިތި
ޙަސަދަ ވިޔަސް ތީތައްކޮޅެތްބޮދުވަރެތް