ކުއްލި ނުރައްކާ އިއުލާންކޮށް، ނަޝީދު ބޭނުންވާހާ ބަޔަކު ހައްޔަރެއް ނުކުރެވޭނެ: އަލްހާން

ކުއްލި ނުރައްކާ އިއުލާންކޮށް، ނަޝީދު ބޭނުންވާހާ ބަޔަކު ހައްޔަރެއް ނުކުރެވޭނެ: އަލްހާން

Author
މުޙައްމަދު ޝަޒައިމް
26 ޖުލައި 2021 10:41
0

ރާއްޖޭގައި ކުއްލި ނުރައްކާ އިއުލާންކޮށް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންވާހާ ބަޔަކު ހައްޔަރުކުރާކަށް ޖާގައެއް ނުދެވޭނެ ކަމުގައި އެމްޑީޕީގެ ކުރީގެ ނާއިބް ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކުއްލި ނުރައްކާ އިއުލާންކޮށް ހަރުކަށި ފިކުރައް ނިސްބަތްވާ މީހުން ހައްޔަރު ކުރުމަށް ސަރުކާރަށް ގޮވާލައި، އެމްޑީޕީގެ ޤައުމީ މަޖިލީހަށް އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ކުށަހެޅުއްވި ޤަރާރު ޤައުމީ މަޖިލީހުން ރޭވަނީ 39 މެމްބަރުންގެ ވޯޓުން ފާސްކޮށްފައެވެ. މިއީ 142 މެމްބަރުން ހިމެނޭ ޤައުމީ މަޖިލީހުގެ މަދު އިންސަތައެއްކަން ފާހަގަކޮށްލެވެއެވެ.

ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން ރާއްޖޭގައި ކުއްލި ހާލަތު އިއުލާން ކުރުމަށް ކުރައްވާ މަސައްކަތައި ގުޅިގެން އަލްހާން ވިދާޅުވީ ކުއްލި ހާލަތު އިއުލާން ކުރުމަކީ ޤާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރެއްކަމަށެވެ. ރައީސްގެ ބާރުތަކަށް އަރައިގަނެ ތިމާ ބޭނުންވަހާކާ ބަޔަކު ހައްޔަރުކޮށް ރާއްޖޭގެ އަމަން ނަގާލަން ރައީސް ނަޝީދަށް ފުރުސަތު ދެވެން ނެތްކަމަށް އަލްހާން ވިދާޅުވިއެވެ.

ކުއްލި ނުރައްކާ އިއުލާނުކޮށްގެން، އަންނި ބޭނުންހާ ބަޔަކު ހައްޔަރުކުރާކަށް ފުރުސަތެއް ނުދޭނަން! އޮޅިގެން ނޫޅުއްވާ! މިއީ އަނެއް ދިވެހިރާއްޖެ އެއް ނޫން! މިއީ އިސްލާމުން އުޅޭ ދިވެހިރާއްޖެ!

– އަލްހާން ވިދާޅުވިއެވެ.

އަލްހާން ވިދާޅުވި ކުއްލި ނުރައްކާ އިއުލާނުކޮށްގެން އަސާސީ ޙައްޤުތަކަށް އަރައިގަންނާކަށް ވަކި ޕާޓީއެއްގެ ޤައުމީ މަޖްލިހަކުން ނިންމާ ސަރުކާރުގެ މައްޗަށް ،ވަކި ގޮތަކަށް ކަންކަން ކުރާކަށް ނޭންގޭނެ ކަމަށެވެ. ބަޔަކު ފާޅުގައި ދާޚިލި ހަނގުރާމައެއް އިއުލާނުކޮށްގެންނެއް ނޫޅޭއިރު، ރާއްޖޭގައި ކުއްލި ހާލަތު އިއުލާންކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް އަލްހާން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ ޤައުމީ މަޖިލީހުން ރައީސް ނަޝީދު ފާސްކުރި ޤަރާރަކީ، ޤައުމީ މަޖިލީހުގައި ހިމެނޭ ރައީސް ނަޝީދަށް ތާއީދުކުރާ މަދު ބަޔަކު ބައިވެރިވެގެން ނިންމި އެއްވެސް ތާކުން ތާކުނުޖެހޭ ނިންމުމެއްކަމަށެވެ.

ޤަރާރު ހުށަހައްޅުއްވަމުން ރައީސް ނަޝިދު ވިދާޅުވީ މިއީ ދިވެހި ފުލުހުންނަށް ހަރުކަށި ފިކުރު މީހުން ހައްޔަރު ކުރަން ޖާގަދޭންވީ ވަގުތުކަމަށެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ޑިމޮކްރަސީގައާއި، އަދި ހައްދު ފަހަނައަޅާ ދިޔަ ޤައުމުތަކުގައިވެސް ކަންކަން ބޮއްސުން ލައިގެން ގޮސްފައިވަނީ މިގޮތަށް ފެށޭ ކަންކަން ހުއްޓުމަށް އެކަށީގެންވާ މަސައްކަތް ނުކުރުންކަމަށެވެ. ނަމަވެސް މިއަދު ދިވެހި ރާއްޖެ އޮތް ހާލަތު ދިވެހި ފުލުހުންނަށް ސާފުވެ، ހަރުކަށި މީހުންނަކީ ކޮބައިކަން އެނގޭއިރު، އެމީހުން ހިފާ ހައްޔަރު ކުރުމަކީ ރާއްޖޭގެ މުސްތަގުބަލަށްޓަކައިވެސް ކުރަންޖެހޭ ކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މިހާލަތުގައި، ހަރުކަށި ފިކުރާއި ދެކޮޅަށް އެކަށީގެންވާ މަސައްކަތް ނުކުރެވިއްޖެނަމަ، ހީވެސް ނުކުރާ ހާލަތަކަށް ރާއްޖެ ގޮސްދާނެކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ މުސްތަގުބަލަށް މިކަމުން ނޭދޭވޭ ބޮޑެތި އަސަރުތައް ކުރާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޜ ޜަސްފްރި
ނަސީދު އެއުޅެނީކީވެގެންތަ ނަސީދި ުލެނީ ދަލުބޭރުނ ޖެހިގެން ހަމަބިމަހ ފާބަބަލަ ހީވާގޮތުން ދެންަައްގާނީ ދީން ބަދަލުނުކުރާމީހުން ޖަލައްލާށޭ ކަންނޭގެ އެތާހުރެގެނ ްރާޖެއައް ހަދާފަ އޭނަ ހުޓާލާނީ