އެމްޑީޕީގެ ޤައުމީ މަޖިލިސް ޖަލްސާ ރައީސް ފެކްޝަނުން ބޮއިކޮޓްކޮށްފި

އެމްޑީޕީގެ ޤައުމީ މަޖިލިސް ޖަލްސާ ރައީސް ފެކްޝަނުން ބޮއިކޮޓްކޮށްފި

Author
މުޙައްމަދު ޝަޒައިމް
25 ޖުލައި 2021 10:47
0

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ޤަރާރަށް ބަހުސް ކުރުމަށް މިރޭ ބޭއްވި ޤައުމީ މަޖިލީހުގެ ޖަލްސާގައި ރައީސް ޞާލިހަށް ތާއީދު ކުރައްވާ ބޭފުޅުން ޖަލްސާ ބޮއިކޮޓް ކުރައްވައިފިއެވެ.

އެމްޑީޕީން މިރޭ ބޭއްވި ޖަލްސާގައި، މިޤަރާރަށް ބަހުސް ކުރެއްވީވެސް ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން އެކަންޏެވެ. ރައީސް ޞާލިހަށް ތާއީދު ކުރައްވާ އެއްވެސް ބޭފުޅަކު މިޖަލްސާގައި ބައިވެރިވެ ވާހަކަ ދައްކަވާފައިނުވެއެވެ. މިރޭގެ ޖަލްސާގައި ރައީސް ޞާލިހަށް ތާއީދު ކުރައްވާ ބޭފުޅުން ބައިވެރިނުވި އެންމެބޮޑު ސަބަބަކީ ޤާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރަކަށް އެމްޑީޕީގެ ޤައުމީ މަޖިލީހުން އަރައިގަތުމަށް މަސައްކަތް ކުރާތީކަމަށް ރައީސް ޞާލިހަށް ތާއީދު ކުރައްވާ ބައެއް ބޭފުޅުންވަނީ ބުނެފައެވެ.

މިރޭގެ ބައްދަލުވުމުގައި ދައުލަތުގެ ވަޒީރުންގެ ތެރެއިން އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ހިމެނޭ އެއްވެސް ވަޒީރަކު ބައިވެރި ވެފައިނުވެއެވެ.  ނަމަވެސް ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒު ބައިވެރިވެފައިވެއެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 140 މެމްބަރުންގެ ތެރެއިން މިރޭގެ ބައްދަލުވުމުގައި ބައިވެރި ވެފައިވަނީވެސް މަދު މެމްބަރުންތަކެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.