ރައީސް ނަޝީދަށް އަމާޒުކޮށް ދީފައިނާ ނުރައްކާތެރި ޓެރަރިސްޓް ހަމަލާ ސަރުކާރާއި، ރައީސް ޞާލިހު ސީރިއަސްކޮށް ނެންގެވިކަން ފުލުހުންގެ ތަހުގީގަށް ބަލައިލުމުން ހާމަވާކަމުގައި ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުސީ މައްސަލައާއި ގުޅިގެން މަސައްކަތުން މިދުވަސްކޮޅު އެކަހެރި ކޮށްފައިވާ މަހުލޫފް ވިދާޅުވީ ރައީސް ނަޝީދަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއަށްފަހު އެކަން ވަރަށް ސީރިއަސްކޮށް ފުލުހުން ތަހުގީގް ކުރިކަންރޭ ހާމަވެފައިވާކަމަށެވެ. ފުލުހުން މިމައްސަލާގައި މިހާތަނަށް ކޮށްފައިވަނީ ވަރަށް ބުރަ އަދި ފުރިހަމަ ތަހުގީގެއްކަމަށް މަހުލޫފް ވިދާޅުވިއެވެ.
މިމަސައްކަތް ފުލުހުން ކޮށްފައިވާ ފުރިހަމަކަމުން ހާމަވެގެންދަނީ މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ސަރުކާރުން ދެއްވާފައިވާ ޚާއްސަ އަހައްމިޔަތުކަމަށް މަހުލޫފް ވިދާޅުވިއެވެ. ހަރުކަށި ހައްދު ފަހަނައަޅާފައިވާ ކަންކަމަކީ ހުރިހާ ސިޔާސީ ޕާޓީތަކާއި، ސިޔާސީ ލީޑަރުންނާއި، ދީނީ އިލްމުވެރިންނާއި، އަދި ހުރިހާ ރައްޔިތުން ގުޅިގެން އެކީ ނައްތާލަންޖެހޭ ނުރައްކާތެރި ފިކުރެއްކަމުގައި މަހުލޫފް ވިދާޅުވިއެވެ.
ފުލުހުންގެ ވަރަށް ބުރަ އަދި ފުރިހަމަ ތަހުގީގެއް. ޔަގީންވި އެއްކަމަކީ ސަރުކާރުން އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މިމައްސަލަ ވަރަށް ސީރިއަސްކޮށް ނެންގެވިކަން. އަނިޔާވެރި ހަރުކަށިފިކުރު ނައްތާލަންޖެހޭ، އެކަން ކުރަންވާނީ ސިޔާސީ ޕާޓީ ތަކާއި ދީނީ އިލްމުވެރިންނާއި ރައްޔިތުންގެ ބައިވެރިވުމާއެކު.
– މަހުލޫފް ވިދާޅުވިއެވެ.
ފުލުހުންގެ ވަރަށް ބުރަ އަދި ފުރިހަމަ ތަހުގީގެއް. ޔަގީންވި އެއްކަމަކީ ސަރުކާރުން އަދި ރައީސް @ibusolih މިމައްސަލަ ވަރަށް ސީރިއަސްކޮށް ނެންގެވިކަން.
އަނިޔާވެރި ހަރުކަށިފިކުރު ނައްތާލަންޖެހޭ،އެކަން ކުރަންވާނީ ސިޔާސީ ޕާޓީ ތަކާއި ދީނީ އިލްމުވެރިންނާއި ރައްޔިތުންގެ ބައިވެރިވުމާއެކު.— Ahmed Mahloof (@AhmedMahloof) July 25, 2021
މަހުލޫފް މިފަދަ ގޮތަކަށް ވިދާޅުވެފައިވާއިރު، ރައީސް ނަޝީދަށް ތާއީދުކުރާ މެމްބަރުންނާއި ބައެއް ބޭފުޅުން މިމައްސަލާގައި އަދިވެސް ފުލުހުންގެ ތަހުގީގާއިމެދު ސުވާލު އުފައްދައެވެ. އެގޮތުން މިކަމަށް ފަންޑު ކުރީ ކާކުކަން މިހާތަނަށްވެސް ފުލުހުންނަށް ހޯދިފައި ނުވާކަމަށް ދަނީ ބުނަމުންނެވެ. ނަމަވެސް ފުލުހުން ބުނެފައިވަނީ މިމައްސަލައިގެ މިހާތަނަށް ކުރި ތަހުގީގުން މިކަމަށް ވަކި ފަންޑެއްކޮށްފައިވާކަން އެގިފައިނުވާކަމަށެވެ.
ރައީސް ނަޝީދަށް ދެނުނު ހަމަލާގައި މިހާތަނަށް ކުރި ތަހުގީގާއި، ފުލުހުން ކުރި މަސައްކަތް ރޭވަނީ ވަރަށް ތަފްސީލުކޮށް ދިވެހި ރައްޔިތުންނަށް ހާމަކޮށްދެއްވާފައެވެ. މިއީ މިހާތަނަށް ފުލުނުން ކުރި ތަހުގީގެއް މިހާ ތަފްސީލުކޮށް ހާމަކުރި ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ. ފުލުހުން މިމައްސަލައިގައި މަަސއްކަތް ކޮށްފައިވާ ގޮތަށް ގިނަ ބައެއްގެ ތައުރީފް ދަނީ ލިބެމުންނެވެ.
ކޮމެންޓު ފޮނުވާ