ހަމަލާގެ ބައިވެރިން ދެކެނީ ދިވެހި ދައުލަތަކީ ކުފުރުގެ ދައުލަތެއް ކަމަށް: ރިޔާޒު

ހަމަލާގެ ބައިވެރިން ދެކެނީ ދިވެހި ދައުލަތަކީ ކުފުރުގެ ދައުލަތެއް ކަމަށް: ރިޔާޒު

Author
މުޙައްމަދު ޝަޒައިމް
24 ޖުލައި 2021 09:31
0

ރައީސް ނަޝީދަށް ހަމަލާދިން ހަރުކަށި މީހުން ގަބޫލު ކުރާ ގޮތުގައި ދިވެހި ދައުލަތަކީ ކުފުރުގެ ދައުލަތެއް ކަމުގައި ރައީސް ނަޝީދުގެ މައްސަލައިގެ ތަހުގީގްގައި އިސްކޮށް ހަރަކާތްތެރިވާ އެސިސްޓެންޓް ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ފުލުހުންގެ ނޫސް ކޮންފަރެންސްގައި ރިޔާޒު ވިދާޅުވީ ހަމަލާ ދިން ފަރާތްތަކަކީ އައިއެސްގެ ފިކުރަށް ތާއީދުކުރާ، އައިއެސްގެ ފިކުރު ރާއްޖޭގައި ފަތުރަން މަސައްކަތްކުރާ ބަޔެއްކަމަށެވެ. އަދި އެ މީހުން ދިވެހި ދައުލަތް ގަބޫލެއް ނުކުރާ ކަަމަށާއި، އެ މީހުން ދެކެނީ ދިވެހި ދައުލަތަކީ ކުފުރުގެ ދައުލަތެއް ކަމަށް ރިޔާޒު ވިދާޅުވިއެވެ.

"މި ހަމަލާ ދިން މީހުންނަކީ ދިވެހި މި ބިމަކީ ކުފުރުގެ ބިިމެއް ކަމަށް ދެކިގެން ދިވެހި ދައުލަތް ގަބޫލުނުކޮށް، ރައީސުންނާއި މަޖިލިސް މެމްބަރުންނާއި ފަނޑިޔާރުންނާއި ފުލުހުންނާއި ސިފައިންނާއި ދައުލަތުން މުސާރަދޭ މަގާމުތަކުގައި ތިބި މީހުންކީ ތާޣޫތުން ކަމުގައި ބަލައި، ކަނޑައަޅައިގެން އެ މީހުންގެ ލެ އާއި މުދާ ހުއްދަ ކޮށްގެން، އެ ފަރާތްތަކުގެ ވިޔަފާރިތަކުން، ނުވަތަ އާންމުކޮށް ވިޔަފާރިވެރިންގެ ގޮތުގައި އުޅުއްވާ ފަރާތްތަކުން ވިޔަފާރި ކުރުމަކީ ވެސް ހަލާލު ކަމެއް ނޫން ކަމެއްގެ ގޮތުގައި ދެކިގެން މަސައްކަތް ކުރަމުން އަންނަ ބައެއް،" މުހައްމަދު ރިޔާޒު ވިދާޅުވި އެވެ.

ދައުލަތުގެ ފައިސާ ބޭނުން ކުރުމަކީ ހަލާލު ކަމެއް ނޫން ކަމަށް ވެސް އެމީހުން ގަބޫލުކުރާ ކަމަށާއި ނަމަވެސް އެމީހުންވެސް އަމިއްލަ ކަންކަމުގައި ދައުލަތުގެ ފައިސާ ބޭނުން ކުރާ ކަމަށް ރިޔާޒް ވިދާޅުވި އެވެ. އެގޮތުން، އިންކަމް ސަޕޯޓާއި އެންސްޕާގެ އެހީތެރިކަން އެ މީހުން ހޯދާކަން ރިޔާޒް ފާހަގަކުރެއްވި އެވެ.

ރިޔާޒް ވިދާޅުވީ ހަމަލާދިން މީހުން ގަބޫލު ކުރަނީ ނަޝީދަކީ ދީނަށް ފުރައްސާރަ ކުރާ ދީނީ ދެކޮޅު ބޭފުޅެއްގެ ގޮތުގަ އެވެ. ނަޝީދު އަވަހާރަ ކޮށްލަން ރޭވި ސަބަބަކީ އެއީ ކަމަށް ތަހުގީގަށް ފާހަގަ ވެފައިވާ ކަމަށް އޭސީޕީ ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ ޔާގޫތުގޭ ކައިރީ ބޮން ގޮއްވައިގެން ޖާނުން ފިދާވެގެން ހަމަލާދީގެން ނަޝީދު އަވަހާރަކޮށްލަން މީގެ ކުރިން މަސައްކަތްކޮށްފައިވާކަމަށެވެ. ގޭކައިރިން އެކަން ކުރަން އުދަގޫތަކެއް ކުރިމަތިވުމުން ރައީސް ނަޝީދު ކަސްރަތަށް ނުކުންނަވާ ގަޑީގައި ވެސް ބޮމެއް ގޮއްވާލަން މަސައްކަތްކުރިކަމަށާއި، އެގޮތުން މޭރީ ބްރައުން ސަރަހައްދުގައިވެސް ބޮމެއް ގޮސްވާލަން މަސައްކަތް ކުރިކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

N Nainaa
ކޮބާތަ ލަބީބަށް ޚަބަރުދިން މީހާ އެމީހާ ގެ ވާހަކަނެތީ ކީއްވެބާ!އެމީހާ އެޚަބަރު ދޭން ޖެހުނު ގޮތެއްވެސް އޮންނާނެތާ. ދޮގު މައުލޫމާތެއްނަމަ އެފަދަ ނުރައްކާ ތެރި ވާހަކައެއް ދެއްކީ ތީވެސް އަދަބެއް ލިބެން ޖެހޭނެ. ދެން ލަބީބު ވެސް ފުލުހަށް ނޭންގި މައްސަލައިގާ ވެސް ކޮންމެވެސް އަދަބެއް ދޭންޖެހޭނެ .މމ. އެކޭ ކިޔާފަ އިސް ތިސްނާ ކުރެވިގެން ނުވާނެ