ހަމަލާގެ ބައެއްބައިވެރިން ދަނީ އިއުތިރާފުގެ އެއްބަސްވުން ހަދަން އެދެމުން: ޕީޖީ

ހަމަލާގެ ބައެއްބައިވެރިން ދަނީ އިއުތިރާފުގެ އެއްބަސްވުން ހަދަން އެދެމުން: ޕީޖީ

Author
މުޙައްމަދު ޝަޒައިމް
24 ޖުލައި 2021 09:22
0

އިއުތިރާފުގެ އެއްބަސްވުން ހަދަން ހަމަލާގައި ބައިވެރިވި ބައެއް މީހުން އެދެމުންދާކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ވިދާޅުވީ މިހާރު ދައުވާ އުފުލާފައިވާ މީހުންގެ މައްސަލަތަކުގައި އޮގަސްޓް ހަތަރެއްގެ ކުރިން ލިޔުންތައް ކޯޓަށް ހުށަހަޅަން ޖެހޭކަމަށެވެ. އަދި މިމީހުނެގް މައްސަލަތުގައި 30 ދުވަހުގެ ތެރޭގައި އިބްތިދާއީ އަޑުއެހުން ފަށަން ޖެހޭ ކަމަށާއި، ތިން މަސް ތެރޭ ޝަރީއަތް ނިމި ކޮޅެއްގައި ޖެހޭނެ ކަމަށް އުންމީދު ކުރައްވާކަމަށް ޕީޖީ ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އިއުތިރާފްގެ އެއްބަސްވުން ހަދަން ހުށަހެޅުންތައް ލިބުނު ނަމަވެސް އެކަމާއިމެދު އަދި ވަކިގޮތެއް ނުނިންމާ ކަމަށެވެ. ނަމަވެސް އެއީ ކޮންބައެއްކަން ހާމަކޮށްފައެއް ނުވެއެވެ. ޝަމީމް ވިދާޅުވީ އިއުތިރާފްގެ އެއްބަސްވުން ހަދަން ހުށަހެޅުންތައް ލިބުނު ނަމަވެސް އެކަމާއިމެދު އަދި ވަކިގޮތެއް ނުނިންމާ ކަމަށެވެ.

ޝަމީމް ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގަވައިދުގައި ވެސް އިއުތިރާފުގެ އެއްބަސްވުން ހެދޭނެ ޝަރުތުތައް ބަޔާންކޮށްފައި އެބައޮތް ކަމަށާއި، މިހާރު އިއުތިރާފުގެ އެއްބަސްވުން ހަދަން އެއްބަސްވެފައިވާ ފަރާތްތަކާއި މެދު ގޮތެއް ނިންމާނީ ގަވައިދުގައި ހުރި ޝަރުތުތައް ހަމަވާކަމަށް ވާނަމަ ކަމަށެވެ.

ކުށެއްގެ ތުހުމަތު ކުރެވިގެން ހައްޔަރު ކުރާ މީހަކާއިއެކު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އިއުތިރާފުގެ އެއްބަސްވުމެއް ހެދުމުން އޭނާ ޝަރީއަތުގެ މަޖިލީހުގައި ކުށަށް އިއުތިރާފު ވާން ޖެހޭނެއެވެ.

މިދިޔަ މޭ ހަ ވަނަ ދުވަހުގެ ރޭ ދިން ހަމަލައިގެ މައްސަލައިގައި ދައުވާ ކުރުމަށް ފުލުހުން މިހާތަނަށް ޕީޖީއަށް ފޮނުވާފައިވަނީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.