ސަލްމާންގެ "ފްރެޝް" ބްރޭންޑުގެ ސެންޓު ބާޒާރަށް ނެރެފި

ސަލްމާންގެ "ފްރެޝް" ބްރޭންޑުގެ ސެންޓު ބާޒާރަށް ނެރެފި

Author
ފާތިމަތު ނާވީ
26 ޖުލައި 2021 05:00
0

"ފްރެޝް" ގެ ނަމުގައި އަމިއްލަ ބްރޭންޑެއް ތަޢާރަފްކޮށް ބޮލީވުޑްގެ ސުޕަސްޓަރ ސަލްމާން ޚާން އަންނީ ތަފާތު ތަކެތި ބާޒާރަށް ނެރެމުންނެވެ. އޭނާ މި ބްރޭންޑް ތާރަފް ކޮށްފައިވަނީ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި މިދިއަ އަހަރު އެވެ. އެ ބްރޭންޑްގެ ދަށުން އެންމެ ފުރަތަމަ ބާޒާރަށް ނެރުނީ ހޭންޑް ސެނެޓައިޒާއެވެ.

އެއަށް ފަހު "ފްރެޝް"ގެ ދަށުން ސަލްމާން މިވަނީ ސެންޓެއް ބާޒާރަށް ނެރެފަ އެވެ. އަދި ހަމަ ސެންޓާއި އެކުއެކީގައި އޭނާ ވަނީ ޑިއޯޑެރެންޓް-ބޮޑީސްޕްރޭ ވެސް ތައާރަފް ކޮށްފައެވެ.

 

View this post on Instagram

 

A post shared by Salman Khan (@beingsalmankhan)

"ފްރެޝް" ގެ ދަށުން ނެރުނު މިނީ ސެންޓު ކަލެކްޝަނުގައި ހިމެނެނީ ހަތަރު ވަހެކެވެ. އެއީ ހަތަރު ހާލަތަކަށް ހާއްސަ ހަތަރު ވަހެކެވެ. އޭގެ ތެރޭގައި ހިމެނެނީ "ޕާޓީ". "ޑޭޓް"، "ރޫލް" އަދި "ވޯކްއައުޓް" އެވެ.

 

View this post on Instagram

 

A post shared by Salman Khan (@beingsalmankhan)

ފްރެޝްގެ އިތުރުން "ބީންގް ހިއުމަން" އަކީވެސް ސަލްމާންގެ ބްރޭންޑެކެވެ. އެ ބްރޭންޑްގެ ދަށުން މައިގަނޑުގޮތެއްގައި އަންނައުނުގެ އިތުރުން ބައިސްކަލާއި ކަސްރަތުކުރާ ސާމާނު ވަނީ ބާޒާރަށް ނެރެފަ އެވެ.

މަސައްކަތުގެ ދާއިރާގައި ސަލްމާން އެންމެ ފަހުން ފެނިގެން ދިއައީ "ރާދޭ" އިންނެވެ. މިއަހަރު މި ފިލްމް ރިލީޒް ކުރީ ޒީ-5 އިންނެވެ.

ސަލްމާންގެ ކުރިއަށް އޮތް ފިލްމަކީ "އަންތިމް: ދަ ފައިނަލް ޓްރޫތު" އެވެ. މި ފިލްމުގައި ސާލްމާން އާއި އެކުގައި އޭނާގެ ޅިޔަނު އަޔޫޝް ޝަރުމާ ފެނިގެން ދާނެއެވެ. ސަލްމާން ވަނީ މިމަހުގެ 23 ގައި ކެޓްރީނާ ކައިފް އާއި އެކުގައި "ޓައިގާ-3″ ގެ ޝޫޓިންގ ފަށާފައިއެވެ. މި ފިލްމް ގެ ޝޫޓިންއަށް ފަހު ސަލްމާން އާއި ޕޫޖާ ހޭގްޅޭ އެކުގައި ކުޅޭ ފުރަތަމަ ފިލްމް "ބައިޖާން"ގެ ޝޫޓިންގ ފަށާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.