ޝީޝާ ޝޯރޫމުގައި ރޯވި އަލިފާން، ޝީޝާގެ މުވައްޒަފުން ނިއްވާލައިފި

ޝީޝާ ޝޯރޫމުގައި ރޯވި އަލިފާން، ޝީޝާގެ މުވައްޒަފުން ނިއްވާލައިފި

Author
މުޙައްމަދު ޝަޒައިމް
24 ޖުލައި 2021 12:47
0

މާލޭގައި ހުންނަ ޝީފާގެ އޮފީހުގައި ރޯވި އަލިފާން އެތަނުގެ މުވައްޒަފުން ނިއްވާލައިފިއެވެ.

އަލިފާން ރޯވެފައި ވަނީ ގަލޮޅު ނިރޮޅުމަގުގައި ހުންނަ ޝީޝާ އިން ސައިކަލް އިންސްޓޯލްމެންޓަށް ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދާ އޮފީހެއްގައެވެ. އަލިފާން ރޯވީ ކަރަންޓް ޝޯޓެއްގެ ސަބަބުން ކަމަށް ބެލެވެއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު އިބްރާހިމް އާޒިމް ވިދާޅުވީ ޝީޝާ ޝޯރޫމުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އިން ހަރަކާތްތެރިވެފައިވާ ކަމަށާއި ރޯވެފައިވަނީ އެތާގައި ހުރި ކަރަންޓު ބޯޑެއްގައި ކަމަށެވެ.

އަލިފާން ރޯވުމާއެކު ތަނުގެ މުވައްޒަފުން އަލިފާން ނިއްވާލާފައިވާ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއްނުވެއެވެ.

އެމްއެންޑީއެފްއަށް މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ 11:48 ހާއިރުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.