ރާއްޖޭގެ އެންމެ ދުވަސްވީ ޕާޓީ އަދި މިހާރު ވެރިކަން ކުރަމުންދާ މައިޕާޓީ އެމްޑީޕީއަށް ވަނީ ވަންނާނެ ޕާޓީއެއް ނެތިގެން ނޫންކަމަށާއި އެމްޑީޕީއަކީ އަށް ވަނީ ޑިމޮކްރަޓިކް އުސޫލުން ހިނގާ ޕާޓީއެއްކަމަށް ހީކޮށް ކަމުގައި އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒޭނާ މިފަދަ ގޮތަކަށް ވިދާޅުވެފައިވަނި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ފުރާނަފުޅު ދުއްވާލުމަށް ދިން ނުރައްކާތެރި ހަމަލާއަށްފަހު، އެހަމަލާއާ ގުޅޭގޮތުުން ރައީސް ނަޝީދު ދައްކަވަމުންދާ ވާހަކަފުޅު ތަކަށް އެމްޑީޕީގެ އެއްވެސް މެމްބަރަކަށް ދެކޮޅު ނުހެއްދެވޭނެ ކަމުގައި އިންތި ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެން ރޮޒޭނާ ކުރެއްވި ޓްވީޓަށް ރައްދުން އެމްޑީޕީގެ މެމްބަރަކަށް ދެއްވި ޖަވާބެއްގައެވެ.
އެމެމްބަރު ބުނެފައިވަނީ ރޮޒޭނާ އެމްޑީޕީއަށް ވަނީ ވަންނާނެ ޕާޓީއެއް ނެތިގެންކަމަށެވެ. އަދި ރޮޒޭނާ އަކީ އެމްޑީޕީގެ މެމްބަރަކަށްވިޔަސް ރައީސް ނަޝީދާއި، އެމްޑިޕީގެ ގްރާސްރޫޓަށް ދަސްވެފައިވާ އެމްޑީޕީގެ އަސްލު ސަގާފަތް ނޭގޭނެކަމަށެވެ. އެމްޑީޕީއަކީ ރައީސް ނަޝީދުގެ ބަސް ގަބޫލުކުރާ މެމްބަރުން ހިމެނޭ ޕާޓީއަކަށްވާއިރު، އެސިޔާސަތު ރޮޒޭނާގެ ނުހުންނާނެކަމަށް އޭނާ ވަނީ ބުނެފައެވެ.
ރޮޒޭ ވަންނާނެ ޕާޓީއެއް ނެތިގެން އެމްޑީޕީ އަށްވަދެ، ހުންނެވިޔަސް އެމްޑީޕީގެ ގްރާސްރޫޓް މައިންޑް ރޮޒޭ މެންނަކަށް ގެޓެއް ނުވާނެ. އަހަރެމެން ރައީސް ނަޝީދުބަސް ގަބޫލުކުރަން. އެ އެމްޑީޕީގެ ފިކުރު ރޮޒޭގެ ނުހުންނާނެ.
– އެމްޑީޕީގެ އާންމު މެމްބަރަކު ކުރި ޓުވީޓުގައި ވެއެވެ.
އޭނާގެ މިވާހަތަކަށް ރައްދު ދެއްވަމުން ރޮޒޭނާ ވިދާޅުވީ އެމްޑީޕީއަކީ ވަރަށް ޑިމޮކްރަޓިކް އުސޫލުން ކަންކަން ހިނގާ ޕާޓީއެއްކަމަށް ކުރިން ގަބޫލު ކުރިކަމަށެވެ. އަދި އެމްޑީޕީއަށް ވަނީވެސް ވަންނާނެ ޕާޓީއެއް ނެތިގެން ނޫންކަމަށާއި، އެމްޑީޕީގެ ތެރޭގައި ހަރުދަނާ ޑިމޮކްރަޓިކް އުސޫލު އޮންނާނެ ކަމަށް ގަބޫލުކޮށްގެން ކަމުގައި ރޮޒޭނާ ވިދާޅުވިއެވެ.
އެމްޑީޕީއަށް ވަނީ ވަންނާނެ ތަނެއް ނެތިގެންނޫން. ޑިމޮކްރަޓިކް އުސޫލުން ހިނގާ ޕާޓީއެއްކަމަށް ހީކޮށް. އެގޮތުގައި އެމްޑީޕީ ބާއްވާން މަސައްކަތް ކުރުމަކީ އެމްޑީޕީގެ އާންމު މެމްބަރުންގެވެސް މަސްއޫލިއްޔަތެއް.
– ރޮޒޭނާ ވިދާޅުވިއެވެ.
Adhi thi beyfulhaage mauloomaathattaka dhannavaalan. MDP ah vanee vannaane thaneh nethigeneh noon. Democratic usoolun hinga party eh kamah heekoh. Egothuga MDP baavvan masakkaiy kurumaky MDP ge aanmu membarunge ves massooliyyatheh. Including you.
— ?? ??????? ???? ? (@Roxeyna) July 24, 2021
އެމްޑީޕީގެ މެމްބަރުންނަށް ރައީސް ނަޝީދު ދައްކަވާ ވާހަތަކަށް ރައްދު ނުދެއްވޭނެކަމަށް އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވުުނުން ރޮޒޭނާ ވަނީ އެމްޑީޕީގައި ތިބީ ކަސްތޮޅު އެޅިފައިތިވި ބައެއްތޯ އިންތިއާއި ސުވާލު ކުރައްވާފައެވެ. އިންތިގެ މިވާހަތަކާއި ގުޅިގެން ގިނަ ބަޔަކު ވަނީ އޭނާއަށް ފާޑުކިޔާފައެވެ. ޚާއްސަކޮށް ޑިމިކްރަސީއަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވި ބޭފުޅުން މިއަދު ޑިމޮކްރަސީގެ އަސާސްތައް މުގުރާލައި، ޚުދުމުހުތާރު ސިފަތަކަށް ތާއީދު ކުރާކަމަށްބުނެ ގިނަ ބައެއްގެ ފާޑުކިޔުންވަނީ އިންތިއަށް އަމާޒުވެފައެވެ.
ކޮމެންޓު ފޮނުވާ