ކޯވިޑަށް ފަރުވާދެމުންދިޔަ ދިވެހި ފިރިހެނަކު ނިޔާވެއްޖެ

ކޯވިޑަށް ފަރުވާދެމުންދިޔަ ދިވެހި ފިރިހެނަކު ނިޔާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
24 ޖުލައި 2021 10:53
0

ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހަކު ނިޔާވެއްޖެއެވެ.

ރޭ ނިޔާވެފައި ވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވެފައި ވަނީ ރޭ 23:43 ގައެވެ. ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 219 އަށް އަރާފައެވެ.

ކޯވިޑްގައި ރާއްޖެ އިން މިހާތަނަށް ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 202 ދިވެހީންނާއި 17 ބިދޭސީންނެވެ.

މެއި މަހު ކޮވިޑްގެ ހާލަތު ރާއްޖޭގައި ވަރަށް ބޮޑަށް ގޯސްވެގެން ދިއުމަށް ފަހު މިހާރު ވަނީ މާޗް މަހު ހާލަތު ހުރިވަރަށް އަނބުރާ ގޮސްފައެވެ. ރާއްޖޭގައި ކޯވިޑް ވެކްސިން ގިނަ ބަޔަކަށް ދީފައި ވުމުން މިހާރު ހާލު ބޮޑުވެގެން ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އިއްޔެ އިރުއޮއްސުމާއި ހަމައަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދިޔައީ 11 މީހުންނަށެވެ.

މިހާރު ވެސް ރާއްޖޭގައި ކޯވިޑް ޖެހިފައި ތިބި މީހުން ނުވަތަ އެކްޓިވް ކޭސްގެ އަދަދު ހުރީ މާޗް މަސް ފެށުނުއިރު ހުރި ވަރުގައެވެ. އެއީ 2600 ގައެވެ. ނަމަވެސް މާޗް މަސް ފެށުނުއިރު 118 މީހުންނަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހުނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.