ހުޅުމާލޭގައި ބާރުގަދަ އެއްޗެއް ގޮވައިގެން ސިފައިންނާއި ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.
ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުންދަނީ ހުޅުމާލެ ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލް ސަރަހައްދުން ރަބަރުގަސް މަގު ހަ ނަންބަރު ގޯޅި ކައިރީގައެވެ.
ހުޅުމާލޭގައި ގޮވާފަައި ވަނީ ކޮން އެެއްޗެއްކަން އަދި އެނގިފައެއް ނުވެއެވެ. ނަމަވެސް ބާރުގަދަ އަޑުފައްގަނޑެއް އެވަގުތު އިވުނު ކަމަށް އެސަރަހައްދުގައި ދިރިއުޅޭ މީހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ ހުޅުމާލޭގައި ބާރުގަދަ އަޑެއް ގޮވުމާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި ސިފައިންވެސް ހަތިޔާރާއެކު އެސަރަހައްދުގައި ގެންދަނީ ހަރަކާތްތެރިވަމުންނެވެ.
ހުޅުމާލޭގައި މިރޭ ގޮވުމެއް ގޮވާފައިވަނީ އެސަރަހައްދުގެ ހުސް ބިމުގައި ކަމަށާއި އެކަމާ ގުޅިގެން އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ވަނީ މުޅި އެ ސަރަހައްދު ބަންދުކޮށްފައެވެ. ނަމަވެސް ގަދަ އަޑުފައްގަނޑާއެކު ގިނައަދަދެއްގެ މީހުން އެސަރަހައްދަށް ޖަމާވެފައި ވެއެވެ.