އަފްއާނިސްތާނުގެ ރައީސް ރިޔާސީ ގަނޑުވަރުގައި އީދު ނަމާދު ކުރައްވަނިކޮށް ކައިރިއަށް ރޮކެޓް ހަމަލާތަކެއް ދީފި

އަފްއާނިސްތާނުގެ ރައީސް ރިޔާސީ ގަނޑުވަރުގައި އީދު ނަމާދު ކުރައްވަނިކޮށް ކައިރިއަށް ރޮކެޓް ހަމަލާތަކެއް ދީފި

Author
ހުސެއިން
20 ޖުލައި 2021 02:57
0

އަފްއާނިސްތާންގެ ރައީސް ރިޔާސީ ގަނޑުވަރުގައި އީދު ނަމާދު ކުރައްވަމުން ގެންދަވަނިކޮށް، ރިޔާސީ ގަޑުވަރުގެ ކައިރި ސަރަހައްދުތަކަށް ރޮކެޓް ހަމަލާތަކެއް ދީފިއެވެ.

ރޮއިޓާސް ނިއުސް އޭޖެންސީން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މި ރޮކެޓް ހަމަލާތްކުން އެއްވެސް ފަރާތަކަށް އަނިޔާތަކެއް ލިބިފައިވާ ކަމުގެ މައުލޫމާތުތަކެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. އަދި މިހަމަލާތަކުގެ ފަހަތުގައި ވަނީ ކޮންބައެއް ކަމެއްވެސް އަދި ސާފުވެފައެއް ނުވެއެވެ.

ސޯޝަލް މީޑިއާތަކުގައި އާންމު ވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އަފްއާނިސްތާނުގެ ރައީސް އަޝްރަފް ޢަނީވަނީ، އީދު ނަމާދު ކުރައްވަމުން ގެންދަވަނިކޮށް، މި ރޮކެޓް ހަމަލާތަކުގެ އަޑުފައްގަޑު އިވެމުންދިޔަ ނަމަވެސް އީދު ނަމާދު ކުރިޔަށް ގެންދަވާފައެވެ.

އަފްއާނިސްތާނުގެ ގަޑިން ހެނދުނު 8 ޖަހާކަން ހާއިރު، ދީފައިވާ މިހަމަލާތަކުގެ އަޑުފައްގަޑު، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައި އޮންނަ ގްރީން ޒޯންގެ ތެރެއިން ވަނީ އިވިފައެވެ. ގްރީން ޒޯންއަކީ، ރިޔާސީ ގަޑުވަރާއި އަދި އެމެރިކާގެ އެމްބަސީ ހިމެނޭ ގޮތުން، ގިނަ އަދަދެއްގެ އެމްބަސީތައް ހުންނަ ސަރަހައްދެވެ.

ރައީސް ޢަނީ ފަހުންވަނީ، ރިޔާސީ ގަޑުވަރުގެ ބޭރުގައި ބެހެއްޓިފައި ހުރި ޕޯޑިއަމްގައި ހުންނަވާ ތަގްރީރު ކުރައްވާފައެވެ. އަފްއާނިސްތާނުގެ ލޯކަލް މީޑިއާތަކުން ވަނީ މި ތަގުރީރު ވަގުތުން ދުރަށް ދައްކާފައެވެ.

އަފްއާނިސްތާނުގައި މިއަދު އީދު ފާހަގަ ކުރަމުންދާއިރު، ދުވަސް ފެށިގެން ދިޔައިރު، މަދުވެގެން 3 ރޮކެޓް ހަމަލާއެއްވަނީ ވަނީ ވެރިރަށް ކާބުލްއަށް އަމާޒު ކޮށްފައެވެ.

"މިއަދު ދުޝްމަނުންވަނީ، ކާބުލްގެ ތަފާތު 3 ސަރަހައްދުތަކަކަށް ރޮކެޓް ހަމަލާތައް އަމާޒުކޮށްފަ،" އިންޓީރިއަރ މިނިސްޓްރީގެ ތަރުޖަމާން މިރުވައިސް ސްޓަނެކްޒައި ވިދާޅުވެފައި ވެއެވެ.

"3 ރޮކެޓްވެސް ވެއްޓިފައިވަނީ 3 ސަރަހައްދަކަށް. މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވޭ. ހަމަލާތައް މިހާރު ދަނީ ތަހުގީގް ކުރެވެމުން."

މީގެ ކުރިންވެސް އަފްއާނިސްތާނުގެ ރިޔާސީ ގަޑުވަށް އަމާޒުކޮށް ވަނީ ރޮކެޓް ހަމަލާތައް އަމާޒު ކުރެވިފައެވެ. މިގޮތުން އެންމެ ފަހުން މިފަދަ ހަމަލާތަކެއް އަމާޒުކޮށްފައިވަނީ ފާއިތުވެދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

އަފްއާނިސްތާނުގެ ރިޔާސީ ގަޑުވަރަށް އަމާޒުކޮށް ރޮކެޓް ހަމަލާތަކެއް ދީފައިވާއިރު، ތާލިބާނުންނާއި އަފްއާން ސަރުކާރާ ދެމެދު ސުލްހައިގެ ވާހަކަތަށް ގަތަރުގެ ދޯހާގައި ދަނީ ކުރިޔަށެވެ.

މިހަފްތާގެ ހޯމަދުވަހު، ނޭޓޯވެސް ހިމެނޭގޮތުން، ކާބުލްގައި ހުންނަ 15 ޑިޕްލޮމެޓިކް މިޝަންއެއް ގުޅިގެން ނެރުނު ބަޔާނެއްގައިވަނީ، ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ތާލިބާނުންނަށް ގޮވާލާފައެވެ. ޑިޕްލޮމެޓިކް މިޝަންތައް ގުޅިގެން ހަމަލާބަދަލުކުރު ހުއްޓާލުމަށް އަފްއާން ސަރުކާރަށް ގޮވާލާފައިވަނީ، ގަތަރުގެ ދޯހާގައި ކުރިޔަށް ދާ ސުލްހައިގެ ވާހަކަ ތަކުގައި، ހަމަލާތައް ބަދަލުކުރުމާ ބެގޭގޮތުން ދެފަރާތައް އެއްބަސްވުމަކަށް ނާދެވި، ކުރެވެނު މަޝްވަރާތައް ފެއިލްވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.