ރައްޔިތުންގެ ސަލާމަތަށް މަސައްކަތްކުރަނީ ޕީޕީއެމް، ދެން ތިބީ ސަރުކާރުގެ ޕަޕެޓުން: ޖަމީލް

ރައްޔިތުންގެ ސަލާމަތަށް މަސައްކަތްކުރަނީ ޕީޕީއެމް، ދެން ތިބީ ސަރުކާރުގެ ޕަޕެޓުން: ޖަމީލް

Author
މުޙައްމަދު ޝަޒައިމް
20 ޖުލައި 2021 10:11
0

ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުން ރައްޔިތުން ސަލާމަތްކުރެވޭނީ ހަމައެކަނި ޕީޕީއެމްއަށް ކަމުގައި ކުރީގެ ނާއިބް ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ. 

ޕީޕީއެމްއާއި ރޭ އަލަށް ގުޅިވަޑައިގެންނެވި ބޭފުޅުންނަށް މަރުހަބާ ވިދާޅުވެ ޑރ.ޖަމީލް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ސަރުކާރުން ރައްޔިތުންނާއި އަމަލު ކުރަމުންދާ ނޭއްގަނީ ގޮތްކާއި، ސަރުކާރުގެ ނޭދެވޭ ސިޔާސަތުން ރައްޔިތުން ސަލާމަތް ކުރެވޭނެ ހަމައެކަނި ފިކުރަކީ ޕީޕީއެމް ކަމަށެވެ. ސިޔާސީ މަސްރަހުގައި ރައްޔިތުންގެ ރައްކާތެރިކަން ހޯދުމަށް ޕީޕީއެމް ފިޔަވައި ދެން ތިބި މީހުންނަކީ ޕަޕެޓުން ކަމުގައި ޖަމީލު ވިދާޅުވިއެވެ.

ޕީޕީއެމްއާ މިރޭ ގުޅިވަޑައިގަތް ކުރީގެ މިނިސްޓަރ މަލީހު އާއި ކުރީގެ މެންބަރު ވަހީދު އަދި ރުކުމާ އަށް މަރުޙަބާ ދަންނަވަން. ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުން ރައްޔިތުން ސަލާމަތްކުރެވޭނީ ހަމައެކަނި ޕީޕީއެމްއަށް. ދެން ތިބީ ސަރުކާރުގެ ޕަޕެޓުން.

– ޖަމީލް ވިދާޅުވިއެވެ. 

ރޭ ޕީޕީއެމްއާއި ގުޅިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން މަލީހުއަކީ މިސަރުކާރުގެ ފުރަތަމަ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން, ސައިންސް އެންޑް ޓެކްނޮލޮޖީގެ މަޤާމު ފުރުއްވަނިކޮށް އެކި ތުހުމަތުތަކެއްކޮށް މަޖިލީހުން އެބޭފުޅާގެ މައްޗަށް އިތުބާރުނެތްކަމަށް ފާސްކޮށް ބޭރުކޮށްފައިވަ ބޭފުޅެކެވެ. އަދި އިތުބާރުނެތްކަމަށް ފާސްކޮށް މަޤާމުން ދުރުކުރުމާއިއެކު މަލީހް ވަނީ ވެރިކަން ކުރާ މައިޕާޓީ ކަމުގައިވާ އެމްޑީޕީއާއި އިދިކޮޅަށް ނިކުންނާނެކަން ހާމަ ކުރައްވާފައެވެ. މަލީހު މިނިސްޓަރުކަމުގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ. މަގާމުން ވަކިކުރުމާއެކު ޖުމްހޫރީޕާޓީގެ މެމްބަރުކަމުންވެސް މަލީހު ވަނީ ވަކިވެވަޑައިގެންފައެވެ.

ރުކުމާއަކީ މީގެކުރިން އެމްޑީޕީގައި އިސްކޮށް މަސައްކަތްކުރެއްވި ބޭފުޅެކެވެ. އެގޮތުން އެމްޑީޕީގެ ކައުސިލަރެއްގެ ގޮތުގައި މާލޭ ސިޓީކައުންސިލްގަ އާއި އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި މަޖިލީހުގެ މެމްބަރުކަންވެސް ކުރެއްވިއެވެ. ނަމަވެސް އެމްޑީޕީގެ ބައެއް ކަންކަމާއި މެދު ހިތްހަމަނުޖެހި އެޕާޓީއާއި ފެޔަށް ރުކުމާ ޖެހިވަޑައިގަތީ 2019 ވަނަ އަހަރުގެ މަޖިލީހުގެ ޕްރައިމަރީއަށް ފަހުއެވެ.

މީގެއިތުރުން ރޭ ޕީޕީއެމާ ގުޅިވަޑައިގެންނެވި ލޯޔަރު ވައްޑެއަކީ މީގެކުރިންވެސް ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ބޭފުޅެކެވެ. ނަމަވެސް ޕީޕީއެމްގެ މަޖިލީސް މެމްބަރެއްގެ ގޮތުގައި ހުންނަވަނިކޮށް ގޮނޑި ގެއްލުވާލި މެމްބަރުންގެ ތެރޭގައި ހިމެނޭ ވައްޑެ އަލުން ޕީޕީއެމާ ގުޅިވަޑައިގަތުމަކީ އަނބުރާ ގެއަށް އައުންފަދަ ކަމެއް ކަމަށް ލޯޔަރު ވައްޑެ ވަނީ ރޭ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މޫސަ
އަސްލު ދިވެހިރައްޔިތުންގެ ޕަޕެޓަކީޖަމީލު އަޅުގަނޑުމެން ހަނދާންއެބަހުރި ރައީސްނަސީދަށްގޮވިއެއްޗިހި ރައީސްޔާމީނާދިމާއަށްގޮވި އެއްޗިހި އިބުއާދިމާއަށްގޮވިއެއްޗިހި އެއްމެފަހުން ބޭރަށްޢަރުވާލާފައި ހުއްޓައި އެމްދީޕީ މީހުން ހަލޭލަވައިއުޅި ރާއްޖެގެނައީ ކިޔަވައިގެން ހުއްޓަސް މީހާގެކިބައިގައި އަޙުލާ ޤްނެއްނަމަ އާދެ އަޙުލަދު ނެތްމީހެއްގެ ބޭނުމެއް ނޯންނާނެއެވެ
ބ ބަކުރުބެ
ތީގެން އެއްވެސް ބަޔަކަށް މިގައުމެއް ރައްޔިތުންނެއް ސަލާމަތްކޮށް ނުދެވޭނެ.. ސަރުކާރުގެ ޕަޕެޓުން ނޫނިއްޔާ ދެން ތިބީ ޔާމީނުގެ ޕަޕެޓުން. ކޮންތާކު މި ޖެހުނީ؟ ޖުމުލަކޮށް ބުނަންޏާ ހަމަ ހުސް ޕަޕެޓުން