2023ގައި ރައީސް ޔާމީން އިންތިޚާބު ކުރުމަށް ބާރަށު ދާއިރާގައި ޝުޖާގެ ވަރުގަދަ ކެމްޕެއިނެއް

2023ގައި ރައީސް ޔާމީން އިންތިޚާބު ކުރުމަށް ބާރަށު ދާއިރާގައި ޝުޖާގެ ވަރުގަދަ ކެމްޕެއިނެއް

Author
މުޙައްމަދު ޝަޒައިމް
19 ޖުލައި 2021 12:00
0

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ޕްރޮގްރެސިވް ކޯލިޝަންގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެނައުމަށް ކުރަމުންދާ މަސައްކަތުގައި ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާ އޭނާ އުފަން ބާރަށު ދައިރާގައި ޚާއްސަ ކެމްޕެއިނެއް ފަށައިފިއެވެ.

ރައީސް ޔާމިނަށް އިންތިޚާބު ކާމިޔާބުކޮށް، ތާއީދު އިތުރު ކުރުމަށް ޝުޖާ ފަށާފައިވާ މިމަސައްކަތުގައި ވަނީ ދާއިރާގެ ތިން ރަށް ކަމުގައިވާ ބާރަށާއި، އުތީމާއި، މުރައިދޫއަށް ވަޑައިގެންފައެވެ. މިރަށްތަކުގައި ޝުޖާވަނީ އެރަށްރަށުގެ ޕީޕީއެމް ޕީއެންސީގެ މެމްބަރުންނާއި ބައްދަލުކުރައްވައި، ހިތްވަރުދެއްވާފައެވެ. ޝުޖާ ފާހަގަ ކުރައްވާ ގޮތުގައި މިދަތުރުގައި އެންމެ ބޮޑަށްފާހަގަވެފައިވަނީ ރައީސް ޔާމީންނަށް ތާއީދު ކުރާ މީހުންގެ އަދަދު އިތުރުވެ، ރައީސް ޔާމީންގެ ސަޕޯޓް ކުރާމީހުން ދުވަހެއް ދުވަހަށް ދާއިރާގައި އިތުރުވަމުން ދިއުމެވެ.

ޕީ.ޕީ.އެމް މެމްބަރުންނާއި ބައްދަލުވީތީ އުފާކޮށް ޝުކުރު ދަންނަވަން. ރައީސް ޔާމީން 2023 ކާމިޔާބު ކުރުމަށް އައު ހިތްވަރާއެކު ތިބުމީ އިތުރައް ލިބުނު ހިތްވަރެއް. ރައީސް ޔާމީން އަށް ނުހައްޤުންދޭ އަނިޔާ އާއި ދެކޮޅަށް ޕީ.ޕީ.އެމް މެމްބަރުން ކުރައްވާ މަސައްކަތައް ޝުކުރިއްޔާ.

– ޝުޖާ ވިދާޅުވިއެވެ.

ޗުއްޓީ ދަތުރެއްގައި އަމިއްލަ ދާއިރާއަށް ވަޑައިގެން ހުންނެވި ނަމަސް، ދާއިރާގައި ޕީޕީއެމްގެ ހަރަކާތްތައް އިތުރުކޮށް ރައީސް ޔާމީންއަށް 2023 ކާމިޔާބް ކުރުމަށް ކުރާ މި މަސައްކަތުގައި އެރަށްތަކުގެ ބޮޑު ތާއީދެއް ލިބިގެންދާކަމަށް ޝުޖާ ވަނީ ވިދާޅުވިއެވެ. ޝުޖާވަނީ މިދަތުރުގައި ދާއިރާގެ ރަށްތަކުގެ ކައުންސިލްތަކާއި، އަންހެނުންގެ ކޮމެޓީތަކާއި، އާންމު ގިނަ ރައްޔިތުންނާއިވެސް ބައްދަލު ކުރައްވާފައެވެ.

ޝުޖާއަކީ ރައީސް ޔާމީން މިނިވަން ކުރުމަށާއި، ރައީސް ޔަމީނަށް އިއްވާފައިވާ ހުކުމާއި ދެކޮޅަށް އެންމެ ބޮޑަށް އަޑު އުފުލާ އެއްބޭފުޅާއެވެ. މާލެ ސިޓީ ކައުންސިލްގެ ފުރަތަމަ ހުޅުމާލެ ދައިރާގެ ކައުންސިލަރުކަންވެސް ކުރައްވާ ޝުޖާއަކީ ޕީޕީއެމްގެ ހަރަކާތްތަކުގައި އެންމެ އިސްކޮސް ހަރަކާތްތެރިވާ އެއް ބޭފުޅާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.