އުސޫލުތަކާއި އެއްގޮތައް ދަތުރު ކުރޭތޯ، ބެލުމަކީ ކައުންސިލްތަކުގެ މެންޑޭޓެއް: ފުލުހުން

އުސޫލުތަކާއި އެއްގޮތައް ދަތުރު ކުރޭތޯ، ބެލުމަކީ ކައުންސިލްތަކުގެ މެންޑޭޓެއް: ފުލުހުން

Author
މުޙައްމަދު ޝަޒައިމް
19 ޖުލައި 2021 10:29
0

އީދު ބަންދާއި ދިމާކޮށް އުސޫލުތަކާއި ޚިލާފަށް ރަށްރަށް ދަތުރު ކުރާ މީހުންނާއިމެދު އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނެފައިވަނީ އުސޫލުތަކާއި ޚިލާފަށް އެއްރަށުން އަނެއްރަށަށް ދަތުރު ކުރުމުގެ ޝަކުވާއެއް ލިބިއްޖެނަމަ އެކަމާއި ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ފިޔަވަޅު އަޅާނެކަމަށެވެ. ދަތުރު ކުރާމީހުން ދަތުރުކުރަނީ އުސޫލުތަކާއި އެއްގޮތަށްތޯ ބެލުމަކީ ކައުންސިލްތަކުގެ މެންޑޭޓުގައި ހިމެނޭ ކަމެއްކަމަށް ފުލުުހުން ވަނީ ބުނެފައެވެ.

ވެކްސިންގެ 2 ޑޯޒް ހަމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން 14 ދުވަސްވެފައިވާ ފަރާތްތަކަށް ކަރަންޓީންވުމަކާއި ނުލާ ރަށް ރަށަށް ދެވޭނެގޮތަށް އެޗްޕީއޭއިން ވަނީ ކަނޑައަޅާފައެވެ. ނަމަވެސް ބައެއް މީހުން ގައިޑްލައިނާއި ޚިލާފަށް ވެކްސިން ފުރިހަމަ ނުވިނަމަވެސް ދަތުރުކުރާ ކަމުގެ ޝަކުވާތައް ބައެއް ފަރާތްތަކުން ދަނީ ކުރަމުންނެވެ.

އީދު ބަންދާއި މިނިވަން ދުވަހުގެ ބަންދާއި ދިމާކޮށް ދެހަފްތާއަށްވުރެ ގިނަ ދުވަހަށް ސަރުކާރު އޮފީސްތައް ބަންދު ކޮށްފައި ވާއިރު މާލެ އިން ގިނަ ބަޔަކު ދަނީ މާލެ އަތޮޅުގެ ގެސްޓްހައުސް ގިނަ ރަށްތަކަށް ދަތުރު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.