އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، އިންތިޚާބު ނުކުރެވޭ 10 ދާއިރާގެ ތެރެއިން 5 ދާއިރާއެއްގައި އިންތިޚާބަކާއި ގޮޑިތަކަށް މެމްބަރުން އިންތިޚާބު ވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އިންތިޚާބު އޯގަސްޓް 7 ވަނަ ދުވަހު ބޭއްވުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވިއިރު އިންތިޚާބަކާއި ނުލައި 5 ދާއިރާއެއްގެ ގޮޑިތައް ކަށަވަރުވެފައިވަނީ، ކުރިމަތިލާންޖެހޭ އަދަދަށް މެމްބަރުން ކުރިމަތި ލުމުންކަމަށެވެ. އިންތިޚާބަކައި ނުލައި ގޮޑިތައް ކަށަވަރުވެފައިވަނީ، ލ.މައިބައިދޫ، ބ.ފުޅަދޫ، މ.ރަތްމަންދޫ، ވ.ރަކީދޫ އަދި ހއ.ވަށަފަރުގެ އަންހެނުގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށެވެ.
އޯގަސްޓް މަހުގެ 7 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ 4 ދާއިރާއެއްގައެވެ. އެއީ ހދ.ނޮޅިވަރަމާއި، ކ.ދިއްފުއްޓާއި، އއ.ފެރިދޫގެ އިތުރުން ނ.ކެނދިކުޅުދޫގައެވެ. އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ މި ހަތަރު ރަށުގައި ކަނޑައެޅިފައިވާ ތަރީހުގައި އިންތިޚާބު ބޭއްވުމަށް ކުރަންޖެހޭ މަސައްކަތް ކޮމިޝަނުން ކުރަމުންދާކަމަށެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، އިންތިޚާބު ނުކުރެވޭ 10 ދާއިރާގެ ތެރެއިން އިންތިޚާބު ކުރަންޖެހޭ އަދަދަށް ކުރިމަތިލައިގެން އިންތިޚާބުވި ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ ސަރުކާރުހިންގާ މައިޕާޓީގެ 5 މެމްބަރުންނާއި، އިދިކޮޅު ޕީޕީއެމްގެ 5 މެމްބަރުންނާއި، ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރާރުއެމްގެ 3 މެމްބަރުންނެވެ. ދެން އިންތިޚާބުވި މެމްބަރުންނަކީ އަމިއްލަ ގޮތުން ކުރިމަތިލި ކެނޑިޑޭޓުންނެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، އިންތިޚާބު ނުކުރެވޭ 10 ދާއިރާގެ ތެރެއިން ހދ.ނޭކުރެންދޫގައި ހުސްވެފައިވާ ދެ ގޮޑީގެ ތެރެއިން އެއްގޮޑިއަށް އަދިވެސް މީހަކު ކުރިމަތިލާފައިނުވާތީ އަލުން އަނެއްކާވެސް އެގޮޑިއަށް ހުޅުވާލާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.
ނިމިދިޔަ ކައުންސިލް އިންތިޚާބުގައި އިންތިޚާބުކުރި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުންނަކީ ރާއްޖޭގެ ތާރީޚުގައިވެސް އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މެމްބަރުން އިންތިޚާބު ކުރެވުނު ފުރަތަމަ ފަހަރެވެ.
ކޮމެންޓު ފޮނުވާ