ވައްޑެ؛ ޝަރީފަށް: އެމްއެމްޕީއާރުސީ ލިސްޓުގައި ނަންއޮތީ އަޅުގަނޑު ކުރިކަމަކުންނޫން

ވައްޑެ؛ ޝަރީފަށް: އެމްއެމްޕީއާރުސީ ލިސްޓުގައި ނަންއޮތީ އަޅުގަނޑު ކުރިކަމަކުންނޫން

Author
މުޙައްމަދު ޝަޒައިމް
18 ޖުލައި 2021 11:26
0

ރާއްޖޭގައި ފަހުގެ ތާރީހެއްގައި ހިންގާފައިވާ އެންމެ ބޮޑު ހިޔާނާތް އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ޝަރީފްގެ ނަން ލިޔުނީ ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަނުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

މިވަގުތު ރާއްޖޭގައި ޕްރޮޕެގެންޑާ ފެތުރުމަށް އެންމެ މޮޅު ދެތިން މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ހިމެނޭ ކަމުގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރު، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފްވިދާޅުވެ ދެއްކެވި ވާހަކަތަކާއި ގުޅިގެން ވަހީދު ވިދާޅުވީ އެމްއެމްޕީއާރުސީ ލިސްޓުގައި ޝަރީފް އެހާ ބައިވަރު ފައިސާ ނެންގެވިކަމަށް ލިޔުނީ ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަނުންކަމަށެވެ. އެކަން ކުރީ އޭނާ ނޫންކަމަށާއި، އެކަމައި ކޯފާ ނުވުމަށް ވަހީދު ވަނީ ދަންނަވާފައެވެ.

އެމްއެމްޕީއާރުސީ ލިސްޓުގައި ޝަރީފް އެހާ ބައިވަރު ފައިސާ ނެންގެވިކަމަށް ލިޔުނީ ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަނުން. އަޅުގަނޑު ކުރިކަމެއްނީ އެއީ. ތިހާ ކޯފާ ނުވަގަ.

– ވައްޑެ ވިދާޅުވިއެވެ.

ރާއްޖޭގައި ފަހުގެ ތާރީހެއްގައި ހިންގާފައިވާ އެންމެ ބޮޑު ހިޔާނާތް އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާގައި ޖެހިފައިވާ ނަމަ ވަގުތުން އިސްތިއުފާދެއްވާނެ ކަމަށް ޝަރީފް (މަވޯޓާ ޝަރީފް) ވަނީ ލިސްޓު އާންމުވުމާއި ގުޅިގެން ވިދާޅުވެފައެވެ. 200 އަށްވުރެ ގިނަ މީހުންގެ ނަން އޮތް މި ލިސްޓުުގައި މަވޯޓާ ޝަރީފް ހިމެނިވަޑައިގަންނަވާގޮތަށް ސަރުކާރުގެ އިސް މަގާމުތަކާއި، ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުންގެ ނަން އޮތެވެ.

އެސެޓް ރީކަވަރީ ކޮމިޝަނުން އެކުލަވާލި ލިސްޓެއް މަޖިލީހުން ވަނީ އާންމުކޮށްފައެވެ. އެލިސްޓުގައި ކުރީ ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިގެންނެވި 12 ވަޒީރަކާއި މި ސަރުކާރުގެ ކެބިނެޓުގެ ތިން ވަޒީރެއްގެ ނަން އޮތެވެ. އަދި ރައްޔިތުން މަޖިލީހުގެ ކުރީގެ 38 މެމްބަރަކާއި މިހާރުގެ 16 މެމްބަރެއްގެ ނަންވެސް އޮތެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުންގެ ނަމާއި، އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ ނަމްވެސް ހިމެނިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.