މިވަގުތު ރާއްޖޭގައި ޕްރޮޕެގެންޑާ ފެތުރުމަށް އެންމެ މޮޅު ދެތިން މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ހިމެނޭ ކަމުގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރު، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ސަރުކާރުން ރާއްޖޭގެ ބައެއް މީޑިއާއަތަށް ނުފޫޒު ފޯރުވައިގެން ޚަބަރު ފެތުރުމަށް މަސައްކަތް ކުރައްވާކަމަށް ތުހުމަތު ކުރައްވައި ވައްޑެ ކުރެއްވި ޓްވީޓާއި ގުޅިގެން ޝަރީފް ވިދާޅުވީ ވައްޑެއަކީ ރާއްޖޭގައި ވަކި ގޮތަކަށް ޚަބަރު ފެތުރުމަށް މަސައްކަތް ކުރެއްވި ބޭފުޅެއްކަމަށެވެ. ރާއްޖޭގެ ބައެއް މީޑިއާތަކުން މިހާރު ޚަބަރު ފަތުރާ ގޮތަށް އިޝާރާތް ކުރައްވައި ވައްޑެ ކުރެއްވި ޓްވީޓުގައި ވިދާޅުވީ މިހާރު މީޑިއާތައް ހިގަމުންދަނީ ރައީސް މައުމޫންގެ ވެރިކަމުގައި މީޑިއާތައް ހިންގި ގޮތަށްކަމަށެވެ. އޭރުގައި ބައެއް ވަޒީރުންނާއި، ސަރުކާރުން ފައިސާދީގެން މީޑިއާ ހިންގި ގޮތަށް މިއަދު މީޑިއާ ހިންގަމުންދާކަމީ ދެރަވަރު ކަމެއްކަމަށް ވައްޑެ ވިދާޅުވިއެވެ.
ރައީސް މައުމޫނު ޒަމާނުގެ ނޫސްވެރިކަމަކީ ސަރުކާރު އިޢުލާނާ އިޝްތިހާރު ގޮތުގައި ފައިސާ ދީގެން، ސަރުކާރު ޕްރޮޕަގަންޑާ ފަތުރަން ވަޒީރުން ލައްވައި ހިންގުވާ ކަމެކެވެ. މިހާރު އަނެއްކާ އެމަގަށް ނޫސްވެރިކަން ބަދަލުކުރަން ބައެއް ބޭފުޅުން އުޅުއްވާތީ ފެންނަކަމީ ވަރަށް ދެރަވަރު ކަމެކެވެ.
– ވައްޑެ ވިދާޅުވިއެވެ.
J Nazim ge nurakkaa theri understand noohun Waddey ge propaganda fethurumuge gaablu kan varah ragalhah haama vegen dhiya. Mi waguthu propaganda fethurumah emme molhu dhe thin meeheh ge Waddey himeney kamaa medhu shakkei nukuran
— Ibrahim Shareef (@AdduShareef) July 18, 2021
ވައްޑެގެ ވާހަތަކަށް ރައްދު ދެއްވަމުން ޝަރީފް ވިދާޅުވީ ރައީސް މައުމޫގެ ވެރިކަމުގައި ނޫސްވެރިކަން ކުރިގޮތް އެންމެ ރަނގަޅަށް އެގޭނީ ވައްޑެއަށް ކަމަށެވެ. ވައްޑެއަކީ ރައީސް މައުމޫންގެ ވެރިކަމުގައި އޭރު ޖުމްހޫރީ ނިޒާމުގެ އެންމެ ނުރައްކާތެރި އަންޑާ ގްރައުންޑް ނޫސް ހިންގެވި ބޭފުޅަކީ ވައްޑެއަކަށް ބަޔަކު ކިޔާ އަޑުއަހާކަމަށެވެ. އަދި ަވައްޑެއަކީ މިހާރު އެންމެ ބޮޑަށް ޕްރޮޕެގެންޑާ ފަތުރާ އެކަކުކަމަށް ޝަރީފް ވިދާޅުވިއެވެ.
ވައްޑޭއަށް ތިކަން ބޮޑަށް އެގިވަޑައިގަންނަވާނީ. އޭރު ޖުމްހޫރީ ނިޒާމުގެ އެންމެ ނުރައްކާތެރި އަންޑާ ގްރައުންޑް ނޫސް ހިންގެވީ ވައްޑޭކަމަށް ގިނަ ބަޔަކު ކިޔާތީ އަޑުއަހަން. ޖުމްހޫރީ ނިޒާމުގެ ނުރައްކާތެރި އަންޑަސްޓޭންޑް ނޫހުން ވައްޑޭގެ ޕްރޮޕެގެންޑާ ފެތުރުމުގެ ގާބިލްކަން ވަރަށް ރަނގަޅަށް ހާމަވެގެންދިޔަ. މި ވަގުތުގެ ޕްރޮޕެގެންޑާ ފެތުރުމަށް އެންމެ މޮޅު ދެތިން މީހުންގެ ތެރޭގައި ވައްޑޭ ހިމެނޭކަމާއިމެދު ޝައްކެތްނެތް.
– ޝަރީފް ވިދާޅުވިއެވެ.
ވައްޑެއައި، ޝަރީފްގެ ބަހުގެ ހަމަލާތައް ބަދަލުކޮށްފައިވާއިރު، ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު އެމްޑީޕީގެ ތެރޭގައި ރައީސް ނަޝީދާއި، ރައީސް ޞާލިހަށް ތާއީދު ކުރައްވާ ބޭފުޅުން ދަނީ ބަހުގެ ހަމަލާތައް ބަދަލު ކުރަމުންނެވެ. ވައްޑެއަކީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގައި އެންމެ ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާ އެއްބޭފުޅާއެވެ.
ކޮމެންޓު ފޮނުވާ