އިންތި؛ އަލްހާންއަށް: މީހަކު މަރަން ބޮން ގޮއްވަން ޖެހޭ އެއްވެސް ހުއްޖަތެއް ނޯންނާނެ

އިންތި؛ އަލްހާންއަށް: މީހަކު މަރަން ބޮން ގޮއްވަން ޖެހޭ އެއްވެސް ހުއްޖަތެއް ނޯންނާނެ

Author
މުޙައްމަދު ޝަޒައިމް
18 ޖުލައި 2021 09:15
0

މީހަކު މަރަން ބޮން ގޮއްވަން ޖެހޭ އެއްވެސް ސަބަބެއް އަދި ހުއްޖަތެއް ނޯންނާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.

މޭމަހުގެ 6 ވަނަ ދުވަހުގެރޭ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ޓެރެރިސްޓް ހަމަލާއަކީ ރައީސް ނަޝީދުގެ އަމަލުފުޅުތައް ހުރިގޮތުން ގޮއްވަލާފައިވާ ބޮމެއްކަމުގައި އެމްޑީޕީގެ ކުރީގެ ނާއިބް ރައީސް އަލްހާން ފަހުމީ ވިދާޅުވެ ދެއްކެވި ވާހަކަތަކާއި ގުޅިގެން އިންތި ވިދާޅުވީ މިފަދަ ވާހަކަ ދެއްކުމަކީ ޓެރަރިޒަމްގެ ޤާނޫނާއި މުޅިން ޚިލާފް ވާހަކަތަކެއް ކަމަށެވެ. އެއްވެސް ހާލެއްގައި މީހަކު މަރަން ގޮވައި، ބިންގޮއްވައި އަނިޔާކުރަން ހިތްވަރު ދިނުމަކީ ކުރެވިގެންވާނެ ކަމެއް ނޫންކަމަށް އިންތި ވިދާޅުވިއެވެ.

ސީދާ ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނާ ޚިލާފު، އަދި ޓެރަރިޒަމަށް ހިތްވަރުދޭ ވާހަކަތަކެއް؛ މީހަކު މަރަން ބޮން ގޮއްވަން ޖެހޭ އެއްވެސް ސަބަބެއް އަދި ހުއްޖަތެއް ނޯންނާނެ!

– އިންތި ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދީފައިވާ ހަމަލާއާއި ގުޅިގެން ރޭ ސަންގު ޓީވީގައި ވާހަކަ ދައްކަވަމުން އަލްހާން ވިދާޅުވީ ބިން ގޮވީ ރައީސް ނަޝީދުގެ ސަބަބުންކަމަށެވެ. ރައީސް ނަޝީދަށް ހަމަލާދީފައިވަނީ އެމަނިކުފާނުގެ ބަސްމަގާއި އަމަލުފުޅުތައް ބެހެއްޓި ގޮތުންކަމަށް އަލްހާން ވިދާޅުވިއެވެ. މިކަން ހިނަގުމުގެ އެންމެ ބޮޑު އަސްލަކީ ވެސްޓާން ސޮސައިޓީގައި ހުރި ކަންތައްތަކެއް، ގެންނަން ނަޝީދު ކުރި މަސައްކަތުގެ ނަތީޖާކަމަށް އަލްހާން ވިދާޅުވިއެވެ.

މިހުރިހާ އެއްޗަކާއި ދެކޮޅަށް، ދިވެހި ރާއްޖޭގައި ނެތްކަމެއް ދޮން މީހުން އުޅޭގޮތަށް އުޅެންވާނޭ ކިޔައިގެން ރައީސް ނަޝީދު ވެސްޓާން ސޮސައިޓީގައި ހުރި ކަންތައްތަކެއް، ގެންނަން މަސައްކަތް ކުރެއްވުން އެއީ މިދަންނަވާ ހައްދުފަހަނަ އެޅުން މިތަނުގައި މި އުފެދުމުގެ އަސްލު ސަބަބު. ރައީސް ނަޝީދު އެގޮތަށް ވާހަކަފުޅު ދައްކަވަ ކަމަށްވެއްޖިއްޔާ ދީނީ ގޮތުންވެސް ހަމަ ބަޔަކު އެކަމާއި ދިމަކުރާނެ. އެހެން ވީމާ ރައީސް ނަޝީދު ޓްރިގާ ކުރަނީ. އެހެންކަމުން އަޅުގަނޑު ދަންނަވަނީ ރައީސް ނަޝީދުގެ ސަބަބުންނޭ އެބޮން ގޮވަންޖެހުނީ.

– އަލްހާން ވިދާޅުވިއެވެ.

އަލްހާން ވިދާޅުވީ ރާއްޖޭގައި ދީނާއި ޚިލާފް ވާހަކަ ދެއްކުމާއި، އެހެން ދީންތައް ރާއްޖެ ގެނައުމަށް ހިތްވަރު ލިބޭގޮތަށް ވާހަކަ ދެއްކުމަކީ ރާއްޖޭގެ ރައްޔިތުން އެދޭކަމެއް ނޫންކަމަށެވެ. އަދި އެފަދަ ވާހަތައް ދެއްކުމަކީ މުޖުުތަމައުގައި އިތުރަށް ބައިބައިވުން އުފެދި މައްސަލަތައް ގޯސްވެގެންދާނެ ކަމެއްކަމަށެވެ. ދީނީ ގޮތުން ދައްކަން ނުޖެހޭ ވާހަތައް ދެއްކުމުގެ ސަބަބުން މިފަދަ ކަންތައްތައް މެދުވެރިވުމުގެ ފުރުސަތުވެސް ބޮޑުކަމަށް އަލްހާން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އައްޔަ
ގޮއްވަން ގޮވާ އިރުވެސް ހިމޭނުން ގޮއްވީމަވެސް ހިމޭނުން ކޮބާތޯ އިންސާފް