ކާރެއް ހުއްޓުވާ އޭގައިއިން ކުއްޖެއްގެ ބޯ ފަޅާލައިފި

ކާރެއް ހުއްޓުވާ އޭގައިއިން ކުއްޖެއްގެ ބޯ ފަޅާލައިފި

Author
މުޙައްމަދު ޝަޒައިމް
17 ޖުލައި 2021 08:38
0

މާލޭގައި ދުއްވާފައި ދިޔަ ކާރެއް ހުއްޓުވައި އޭގެ ތެރޭގައި އިން 14 އަހަރުގެ ފިރިހެން ކުއްޖެއްގެ ގައިގައި ތަޅައި މިއަދު މާރާމާރީ ހިންގައިފިއެވެ.

ފުލުހުން ބުނީ މަޖީދީމަގާއި މާވެޔޮމަގު ގުޅުނު ހިސާބުން ދުއްވާފައި ދިޔަ ކާރެއް ހުއްޓުވައި އެ ކާރުގައި އިން 14 އަހަރުގެ ކުއްޖަކާއި ބަޔަކު މާރާމާރީ ހިންގާފައިވާ ކަމަށެވެ. މާރާމާރީގެ ރިޕޯޓަށް ފުލުހަށް ލިބިފައިވަނީ 6:38 ގައެވެ.

އެ މާރާމާރީގައި ކުއްޖާގެ ބޯ ފަޅައިގެން ގޮސްފައިވެ އެވެ. އޭޑީކޭ ހޮސްޕިޓަލުން މިހާރު އަންނަނީ އެ ކުއްޖާއަށް ފަރުވާ ދެމުންނެވެ.

އެ ހާދިސާއާ ގުޅިގެން އަދި މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.