ވިލިމާލޭ މަސްމާރުކޭޓް ޢިމާރާތްކޮށްދޭނެ ބަޔަކު ހޯދުމަށް މާލެ ސިޓީ ކައުންސިލުން އިޢުލާންކޮށްފިއެވެ.
މިމަސައްކަތް ކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ، ކަނޑައެޅިފައިވާ ވަގުތުގައި ބީލަމުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކުރެއެވެ.
މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މިއިޢުލާނާއިއެކު އެޓޭޗްކުރެވިފައިވާ ބީލަން ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު 12 އޮގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި އޮންނަ މައުލޫމާތު ސެޝަނަށް ވަޑައިގެން (އަމީނީމަގު، އެމް.ޑަބްލިޔު.އެސް.ސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ ، 4 ވަނަ ފަންގިފިލާ ) އެފޯމް ހުށަހެޅުއްވުމަށް އެދޭކަމަށެވެ. މިމަސައްކަތުގެ ތަފްޞީލް މަޢުލޫމާތު ކަރުދާސް، މައުލޫމާތު ސެޝަންގައި ހަވާލުކުރެވޭނެކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.
މިމަސައްކަތް ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 އޮގަސްޓް 2021 ވާ ހޯމަ ދުވަހުގެ 10:00 އަށް އެމް.ޑަބްލިޔު.އެސް.ސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ ، އަމީނީމަގު، (4 ވަނަ ފަންގިފިލާ) އަށް ޙާޟިރުވެ ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ވަނީ ދަންނަވާފައެވެ.
ކޮމެންޓު ފޮނުވާ