ރައީސް ޞާލިހުގެ ނިންމުންތަކަށް ނުފޫޒު ފޯރުމުގެ ހުރިހާ ބާރެއް އަދާލަތަށް ވަނީ ދީފަ: ނަޝީދު

ރައީސް ޞާލިހުގެ ނިންމުންތަކަށް ނުފޫޒު ފޯރުމުގެ ހުރިހާ ބާރެއް އަދާލަތަށް ވަނީ ދީފަ: ނަޝީދު

Author
މުޙައްމަދު ޝަޒައިމް
17 ޖުލައި 2021 11:29
0

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަން ހިންގުމުގައި ނިންމަވާ ހުރިހާ ނިންމުންތަކަށް، އެންމެ ބޮޑަށް ނުފޫޒު ފޯރުވަމުންދަނީ ކޯލިޝަންގެ އެންމެ ކުޑަ ޕާޓީ އަދާލު ޕާޓީން ކަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަފްރަތުގެ ބިލަށް ސަރުކާރު ތާއީދު ނުކުރުމުން އެކަމުގެ ނުރުހުން އިންތިހާއަށް ފާޅުކުރައްވައި ރައީސް ނަޝީދުގެ އޮފީހުން މިއަދު ނުރެއްވި ބަޔާނުގައި ބުނެފައިވަނީ ސަރުކާރު ހިންގެވުމުގައި، އެންމެ ބޮޑު ނުފޫޒެއް މިއަދު އޮތްތަން ފެންނަނީ ކޯލިޝަންގެ އެންމެ ކުޑަ ޕާޓީ އަދާލަތު ޕާޓީއަށް ކަމުގައެވެ. ރާއްޖޭގެ ރައްޔިތުންގެ ސާފު އައުލަބިއްޔަތު ރައީސް ޞާލިހު ވެރިކަމަށް ގެނައީ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި، އިޤްތިޞާދީ ހަމަޖެހުމާއި، ދީނީ ގޮތުން މެދު މިނުގެ ސިޔާސަތުގައި ދެމިތިބުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް މިއަދު ފެނިގެންދަނީ މިކަންކަން ނެތި، ޑިމޮކްރަސީގެ އަސާސްތައް މުގުރިގެންދާ މަންޒަރުކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި، މިސަރުކާރުގެ ކޯލިޝަންގެ އެންމެ ކުޑަ ޕާޓީކަމުގައިވާ އަދާލަތު ޕާޓީއަށް އެމަނިފާނުގެ ހުރިހާ ނިންމުނަތަކަށް ނުފޫޒު ފޯރުމުގެ ފުރުސަތުދީ އެމްޑީޕީގެ އަސާސްތައް މުގުރާލާފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މިއަދު ފެނިގެންދަނީ ރާއްޖޭގެ ޑިމޮކްރަސީއަށް އެމްޑީޕީން ކުރި މަސައްކަތް މުގުރާލާފައިވާ މަންޒަރުކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އޮފީހުން ނެރުނު ބަޔާނުގައި ވަނީ ކޯލިޝަން ޕާޓީތަކުގެ ތެރެއިން އަދާލަތު ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އަދާލު ޕާޓީގެ ނުފޫޒު އިންތިހާއަށް ރައީސް ޞާލިހުގެ މައްޗަށް އޮތްކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިއީ އެމްޑީޕީންވެސް އަދި ދިވެހި ރައްޔިތުންވެސް ބަލައި ގަންނަ އަސާސެއް ނޫންކަމަށް ނަޝީދު ނެރުއްވި ބަޔާނުގައިވެއެވެ.

ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވި ނަފްރަތު ބިލާއި އެންމެ ބޮޑަށް ދެކޮޅު ހައްދަވާ ޕާޓީއަކީ ވެރިކަން ކުރާ ކޯލިޝަންގެ އަދާލު ޕާޓީއެވެ. އަދާލަތު ޕާޓީންވަނީ މިބިލަށް ގިނަ އިސްލާހުތަކެއް ހުށަހަޅާފައެވެ. މިބިލާއިމެދު އަދާލާތު ޕާޓީގެ އިލްމުވެރިން ދަނީ ވަރަށް ފާޅުގައި ފާޑުވިދާޅުވެ ބިލް ފާސް ކުރުމާއި ދެކޮޅަށް މުޅި ރާއްޖެ ތެދުވުމަށް ގޮވާލަމުންނެވެ. މިބިލަށް ނުރުހުން ފާޅުކޮށް، އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުންވެސް ވަނީ ޝުޢޫރު ފާޅުކޮށް ބަޔާން ނެރެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކަސްލާނު
މީނަގެ ލާދީނީކަން ނުފެތުރޭތީ ކަންބޮޑުވަނީ އުތަ
އ އިބޯ
ބަލަގަ އިސްލާމީ މަޝްވަރާ މަޖިލީހެއް އޮތް ހަމައެކަނި ޕާރޓީއަކީ އަދާލަތު. އެހެންވީމާ 100% މުސްލިމް ޤައުމެއްގަ އެޕާރޓީގެ ބަސްވިކުމީ ކަންބޮޑުވާންޖެހޭކަމެއްނޫނޭ.