ސްރީލަންކާގެ މައުންޓް ލެވީނިއާ ސަރަހައްދުގައި އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ލައްވާ ހަށި ވިއްކުވި މައްސަލައެއްގައި ހައްޔަރުކުރި ދިރާގުގެ ކުރީގެ ޗެއާމަން އަދި ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު އަޝްމަލީ އަނެއްކާވެސް ކޯޓަށް ހާޒިރުކޮށްފިއެވެ.
އަޝްމަލީ ކޯޓަށް ހާޒިރުކޮށްފައިވަނީ މިމައްސަލައާއި ގުޅޭ އިތުރު މައުލޫމާތު ސާފު ކުުރުމަށް ކަމަށް އެނގިފައިވެއެވެ. އަޝްމަލީ މިއަދު ކޯޓަށް ހާޒިރުކޮށްފައިވާއިރު އޭނާ މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ބަންދުގައި ބެހެއްޓުމަށް ކޮލަމްބޯ ފޯޓް މެޖިސްޓްރޭޓް ކޯޓުން ވަނީ މުއްދަތު ދީފައެވެ.
#InPics A former Maldives State Minister accused of exploiting and raping a 15-year-old girl from Mount Lavinia was presented to court today for an identification parade (Pics by Waruna Wanniarachchi) #Srilanka #lka #Maldives pic.twitter.com/HvIWluvShZ
— DailyMirror (@Dailymirror_SL) July 16, 2021
އަޝްމަލީގެ ވަކީލު ކޯޓުގައި ބުނި ގޮތުގައި އަޝްމަލީ އޮންލައިންކޮށް އޮއިލް މަސާޖެއް 20،000 ސްރީލަންކާ ރުޕީސް ދައްކާފައި ބުކް ކުރި އެވެ. އޭގެ ފަހުން ކޮލޮމްބޯގައި ހުންނަ މަރީނޯ ބީޗު ހޮޓަލުން ކޮޓަރިއެއް ހިފައިގެން އެ ކުއްޖާއާއެކު ދިޔައީ ކަމަށެވެ. އެ މަސާޖު ކަމުނުދިޔަ ކަމަށާއި އެ ކުއްޖާއާއެކު ޖިންސީ އަމަލެއް ނުހިންގާ ކަމަށް އަޝްމަލީ ބުނެފައިވާ ކަމަށް ވަކީލު ބުންޏެވެ.
ވަކީލު ބުނި ގޮތުގައި އެ ކުއްޖާއަކީ ކުޑަކުއްޖެއް ކަމެއް އަޝްމަލީއަށް ނޭނގެއެވެ. 18 އަރުން ދަށުގެ ކުއްޖަކާއެކު ޖިންސީގުޅުން ހިންގިކަން ސާބިތު ވެއްޖެނަމަ ސްރީލަންކާގެ ގާނޫތަކުން ކަނޑައަޅާފައި ވަނީ 20 އަހަރު ދުވަހުގެ ޖަލު ހުކުމެވެ.
އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ލައްވާ ހަށި ވިއްކުވި މައްސަލައެއްގައި ގިނަ ބަޔަކު ހައްޔަރު ކޮށްފައިވެއެވެ. ކުޑަ އަންހެން ކުއްޖަކު ޖިންސީ ބޭނުމަށް އެކި މީހުންނާ ހަވާލުކޮށް އެ ކުއްޖާގެ ކިބައިން ނާޖާއިޒު ފައިދާ ނަގަމުން ދިޔަ މައްސަލަ ލަންކާ ފުލުހުން ތަހްގީގު ކުރަމުން ދަނީ ބޮޑު ސަމާލުކަމެއް ދީގެންނެވެ. ލަންކާ ފުލުހުން ބުނެފައިވާ ގޮތުގައި މިހާތަނަށް ތަހްގީގަށް ފާހަގަ ކުރެވިފައިވާ ގޮތުގައި ކުއްޖާ މިގޮތަށް ވިއްކަމުން ގެންދާތާ މިހާރު ތިން މަހެއްހާ ދުވަސް ވެއްޖެ އެވެ.
ވެބްސައިޓްތަކަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކޮށްގެން، ތިން މަސް ވަންދެން އުމުރުން 15 އަހަރުގެ ކުއްޖަކު ލައްވައި ހަށިވިއްކުވި މައްސަލައެއްގައި ލަންކާ ފުލުހުން މިހާތަނަށް 32 މީހަކު ހައްޔަރުކޮށްފައިވެއެވެ.
ލަންކާ ފުލުހުން ބުނެފައިވަނީ އޭނާ ހައްޔަރު ކުރީ ކުއްޖާއާ ޖިންސީ ގުޅުން ހިންގަން ދިޔަ ކަސްޓަަމަރެއް ކަމަށް ތުހުމަތު ކުރެވިގެން ކަމަށެވެ. އަދި އޭނާ އަކީ ނެޓްވޯކަށް އެހީތެރިވި މީހެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އެމީހާ ކުއްޖާއާ ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭތޯ ސުވާލު ކުރުމުން އޮފިޝަލު ވިދާޅުވީ، މައްސަލައިގެ ތަހުގީގު އަދި ކުރިއަށްދާތީ އެ މައުލޫމާތު ދެވެން ނެތް ކަމަށެވެ.
ކޮމެންޓު ފޮނުވާ