މިއަދު ދިވެހި ރާއްޖެއަށް ބޭނުން ވެފައިވަނީ ތެދުވެރިކަމާއި އަމާނާތް ތެރިކަމާއިއެކު، ރައްޔިތުންގެ މަސްލަހަތު އިސްކުރާ ވެރިން ކަމުގައި ޕްރޮފެސަރ ޙަސަން އުގައިލް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި މިއަދު ސިޔާސީ ކަންކަން އޮތް ގޮތުންނާއި ޤާއުމުގެ ހާލަތު މިހާރު އޮތް ގޮތަށް އިޝާރާތް ކުރައްވައި އުގައިލް ވިދާޅުވީ، އަމިއްލަ މަސްހަލަތާއި ދުރު ޤައުމީ މަސްލަހަތު އިސްކުރާ ވެރިން މިހާރު ޤައުމަށް ބޭނުންވެފައިވާކަމަށެވެ. ރައްޔިތުން މިއަދު ބޭނުންވަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި، އިހްލާސްތެރިކަމާއިއެކު ރައްޔިތުންގެ އަމާނާތް އަދާކުރާ ވެރިން ކަމަށް އުގައިލް ވިދާޅުވިއެވެ.
ގައުމަށް ބޭނުންވަނީ ތެދުވެރި، އިހްލާސްތެރި، އަމާނާތްތެރި އަދި އަމިއްލަ މަސްލަހަތަށްވުރެ ގައުމާއި ގައުމުގެ ރައްޔިތުންގެ މަސްލަހަތު އިސްކުރާ ވެރިން.
– އުގައިލް ވިދާޅުވިއެވެ.
ގައުމަށް ބޭނުންވަނީ ތެދުވެރި، އިހްލާސްތެރި، އަމާނާތްތެރި އަދި އަމިއްލަ މަސްލަހަތަށްވުރެ ގައުމާއި ގައުމުގެ ރައްޔިތުންގެ މަސްލަހަތު އިސްކުރާ ވެރިން.
— Professor Ugail (@ugail) July 16, 2021
އުގައިލް މިހެން ވިދާޅުވެފައިވާއިރު، މިހާރު އޮތް ވެރިކަމުގެ ތެރޭގައި ބޮޑު ކޯޅުންތަކެއް އުފެދި، ރައްޔިތުންގެ އިތުބާރުވަނީ ގެއްލިފައެވެ. ޚާއްސަކޮށް ވެރިކަމަށް އައުމަށް ވެވަޑައިގެންނެވި ގިނަ ވައުދުތައް ނުފުއްދި ރައްޔިޔުންގެ އިތުބާރުވަނީ ގެއްލިފައެވެ.
މިސަރުކާރުން ވެރިކަމަށް އައުމުގެ ކުރިން އެންމެ ބޮޑަށް އަޑުއުފުލި ކަންތައްތަކުގެ ތެރޭގައި ހިމެނޭ ވައްކަމާއި، ކޮރަޕްޝަނާއި، މަރުތަކުގެ މައްސަލަތައް ބެލުމަށް މިހާތަނަށްވެސް ވަނީ ނުކުޅެދިފައެވެ. ވެރިކަމުގެ ތެރޭގައި މިހާރު އުފެދިފައިވާ ކޯޅުންތަކާއިއެކު އިދިކޮޅު ފަރާތްތަކުން ނުކިޔާ ފާޑުކިޔުން ވެރިކަމުގެ ތެރޭގައި ތިއްބެވި ވެރިންގެ މެދުގައި ދަނީ ބަދަލު ކުރެވެމުންނެވެ. ޚާއްސަކޮށް ވެރިކަން ކުރަމުންދާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ރައީސް ޞާލިހަށް ނެތްކަމަށް ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެން އެމްޑީޕީ ތެރޭގައި ވަނީ ވަރަށް ބޮޑަށް ޚިޔާލާތު ތަފާތުވެފައެވެ.
ކޮމެންޓު ފޮނުވާ