ޤައުމަށާއި، އެމްޑީޕީއަށް އޮތް އެންމެ ރަނގަޅު ގޮތަކީ ޔާމީންގެ އެހީ ހޯދުން: ނަޝީދު

ޤައުމަށާއި، އެމްޑީޕީއަށް އޮތް އެންމެ ރަނގަޅު ގޮތަކީ ޔާމީންގެ އެހީ ހޯދުން: ނަޝީދު

އެމްޑީޕީ އާއި ޕީޕީއެމް ކޯލިޝަނެއް ބޭނުން ވާކަން ތަކުރާރު ކުރައްވަމުން އެންމެ ރަނގަޅު ގޮތަކީ ރައީސް އަބްދުﷲ ޔާމީންގެ އެހީ ހޯދުން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހާއި އެމްޑީޕީގެ ރައީސް ކަން ކުރައްވާ ރައީސް މުހައްމަދު ނަޝިދު. ވިދާޅުވާ ވާހަކަފުޅު ތަކުރާރު ކުރައްވައިފިއެވެ.

ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނު ޕީޕީއެމް އާއިއެކުގައި މަސައްކަތް ކުރުމަށް ފާޅުކުރައްވާފައިވާ ހިޔާލުފުޅާއި ގުޅިގެން އެމްޑީޕީ މެންބަރުންނާއި އަދި ޕީޕީއެމް މެންބަރުންނަށް ވެސް އޮޅުންތައް އަރާކަމަށް ވިދާޅުވެ އެކަން ސާފުކޮށްދިނުމަށް މިއަދު އެމްޑީޕީގެ ގައުމީ މަޖިލިސްގެ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައެވެ.

ޕީޕީއެމަށް ބަދަލުތަކެއް ގެންނަށް ޖެހޭ ކަމަށް ވެސް އެ މެސެޖްގައި ވިދާޅުވެފައި ވެއެވެ. އެ ބަދަލުތަކަކީ "އިންޑިއާ އައުޓް" ގެ ފަލްސަފާ އާއި ދުރު އަދި "ހިސާން" ބިލަށް ތާއީދު ކުރާ ކުރާ މިއުޒިކަށް ވެސް އެބަސްވާ ބަދަލުތަކެއް ކަމަށެވެ.

އެ ބަދަލުތަކާއެކު ސަރުކާރު ހިންގަން އިދިކޮޅު ޕާޓީ އާއި އެއްބަސް ވެވޭ އެމްޑީޕީ – ޕީޕީއެމް އިއްތިހާދެއް އުފައްދަން ރައީސް ޔާމީންގެ އެހީތެރިކަމަށް އެދެން ޖެހޭ ކަމަށް ވެސް ތަކުރާރު ކުރެއްވި އެވެ. އަދި އެ މެސެޖް ނިންމަވާ ލަމުން ރައީސް ނަޝީދު މެސެޖުގައި ވިދާޅުވެފައި ވަނީ ރާއްޖެ އަށާއި އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތަކީ ރައީސް ޔާމީންގެ އެހީތެރިކަން ހޯދުން ކަމަށެވެ.

އެމްޑީޕީގެ ޓިކެޓްގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފައިވާ ނަޝީދުގެ އެންމެ ގާތް އެކުވެރިޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއިއެކު ސިޔާސީ މަސައްކަތް ކުރެވެން ނެތް ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި އޭގެ ފަހުން ތަކުރާރުކޮށް ގެންދަވަނީ ޔާމީނާއިއެކު ސިޔާސީ މަސައްކަތް ކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *