އެސްޑީއެފްސީ އޮފީސް ފަޅާލައި ވައްކަންކޮށްފި

އެސްޑީއެފްސީ އޮފީސް ފަޅާލައި ވައްކަންކޮށްފި

Author
މުޙައްމަދު ޝަޒައިމް
14 ޖުލައި 2021 10:18
0

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ އެސްއެމްއީ ޑެވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަންގެ އޮފީސް ފަޅާލައި ވައްކަން ކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ އެސްޑީއެފްސީ އޮފީސް ފަޅާލައި ވައްކަން ކުރިކަމުގެ ރިޕޯޓް މިއަދު ހެދުނު 8:56 ހާއިރު ލިބިފައިވާކަމަށެވެ. އަދި މިހާރުވެސް ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރިވަމުންދާކަމަށެވެ.

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީއަކީ އަދުގެ ސަރުކާރުގެ އެއް ވަޢުދުކަމުގައިވާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގެއް ހަމަޖައްސަވައިދެއްވުމުގެ ގޮތުން ޤާއިމުކޮށްފައިވާ ކުންފުންޏެކެވެ.

އެސްޑީއެފްސީގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި އަލަށް އުފައްދާ އަދި ކުރިއަރަމުން އަންނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާނެ މާލީ އެހިތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތަފާތު އިޤްތިޞާދީ ދާއިރާތަކަށް އަމާޒުކޮށް ލުއިގޮތަކަށް ލިބޭނޭ ލޯނު ތައާރަފްކޮށް އެމަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިޔުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.