ފޮނަދޫ މަގުހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމާއި ގާތަށް

ފޮނަދޫ މަގުހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމާއި ގާތަށް

Author
މުޙައްމަދު ޝަޒައިމް
13 ޖުލައި 2021 04:01
0

ލ.ފޮނަދޫ މަގުހެދުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމަކާއި ގާތް ވެއްޖެއެވެ.

އެމްޓީސީސީން ބުނެފައިވަނީ ލ. ފޮނަދޫ މަގުހެދުމުގެ މަޝްރޫޢުގެ (ފުރަތަމަ ފިޔަވަހި) މަސައްކަތުގެ 88 ޕަސެންޓް ނިމިފައިވާކަމަށެވެ. އަދި ދުއްވާ ސަރަޙައްދު ޤާއިމުކުރުމުގެ މަސައްކަތްވެސް މިހާރު ނިމިފައިވާކަމަށެވެ.

ފޮނަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ފަށާފައި 2017ވަނަ އަހަރުއެވެ. ނަމަވެސް މަސައްކަތް ހުއްޓި ދިގުމުއްދަތެއްފަހުން، އަލުން އެމްޓީސީއާ ހަވާލުކޮށްގެން މަސައްކަތް ފެށީ 2019ވަނަ އަހަރުގެ ޖޫންމަހުއެވެ. އަދި މިދިޔަ ޑިސެމްބަރުމަހުވަނީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ފަށާފައެވެ.

ފުރަތަމަ ފިޔަވަހީގައި އެރަށުގެ 12މަގެއްގައި ތާރު އެޅުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. އެއީ 3.5ކިލޯ މީޓަރުގެ ސަރަޙައްދެކެވެ. މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ތާރު އެޅުމުގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމާނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.
މި މަޝްރޫޢު ކުރިއަށްގެންދަނީ ރަށަށް ދިމާވާ ފެންބޮޑުވުމުގެ މައްސަލައަށްވެސް ޙައްލު ލިބޭނެހެން، ފަރުމާކޮށްގެންނެވެ.

ލ.ފޮނަދޫ މަގުހެދުމުގެ މަޝްރޫޢުގެ 2ވަނަ ފިޔަވަހީގެ މަސައްކަތްވެސް ވަނީ އެމްޓީސީސީ އާއި ހަވާލުކޮށްފައެވެ. ލ.ފޮނަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދެވަނަ ފިޔަވަހީގެ ދަށުން އެރަށުގެ 3.64 ކިލޯމިޓަރުގެ މަގު ހެދުމަށްވަނީ ޖަމަޖެހިފައެވެ. ފޮނަދޫ މަގުތައް ހަދަނީ، މަގުގެ މައްސަލައަށް ފުރިހަމައަށް ޙައްލު ލިބޭނެހެން ފަރުމާކޮށް، ތާރު އަޅައިގެންނެވެ.

އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ މަގުތަކުގައި ތާރު އެޅުމާއި ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި މަގު ބައްތިޖަހައި ރަނގަޅު ފެންވަރަކަށް މަގު ހެދުމުގެ މަސައްކަތެކެވެ. މި މަސައްކަތްތައް އެމްޓިސީއާ ހަވާލުކުރީ 390ދުވަހުން ނިންމާގޮތަށެވެ. މި މަޝްރޫޢަކީ ސަރުކާރުން 53.9މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަސައްކަތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.